ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިޔައިފި
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމު ކޮށްގެން 2023 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ނުބަލައި ކިޔެވުމުގެ ގޮފިން ކީސްޓޭޖު 03 އިން 03 ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިޔައިފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަމުގައި ދެގޮފިން ޖުމްލަ 22 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ހިޔާ މަޒީނާ ޢަބްދުﷲ އެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މި ދަރިވަރު ހޯދި މިކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން 25 އޮގަސްޓު 2024 ވަނަ ދުވަހުގެ 10.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ އިދާރާގެ ވެރިންނާއި މަޒީނާ ޢަބްދުﷲ ގެ އިތުރުން މަޒީނާގެ މައިންބަފައިން ބައިވެރިވެފައި ވެއެވެ.
މަޒީނާ ޢަބްދުﷲ ހޯދި މި ކާމިޔާބީއާއި ގުޅިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ދޭ ހަނދާނީ ފިލައާއި އިނާމުގެ ގޮތުގައި ދޭ -/1500 ރުފިޔާގެ ފައިސާގެ ޗެކު 25 އޮގަސްޓު 2024 ވަނަ ދުވަހު މަޒީނާއާއި ޙަވާލު ކޮށްފައި ވެއެވެ. ހަނދާނީ ފިލައާއި ފައިސާގެ ޗެކު މަޒީނާއާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.
މަޒީނާ ޢަބްދުﷲ ގެ މިކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މަޒީނާ ޢަބްދުﷲ ގެ ޝަރަފްގައި ތައްޔާރުކޮށްފައިވާ މެންދުރުގެ ކެއުމެއް 25 އޮގަސްޓު 2024 ދުވަހުގެ 12.00 ގައި ފ. އަތޮޅު ސްޓޭޓް ހައުސްގައި ބާއްވާފައި ވެއެވެ.
|