ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ 2024 ވަނައަހަރުގެ ތަޖުރިބާ ދަތުރު ސްރީލަންކާ އަށް

16 ސެޕްޓެންބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރު ސްރީލަންކާ އަށް ކޮށްފިއެވެ. 2024 ސެޕްޓެންބަރު 07 އިން 13 އަށް ސްރީލަންކާ އަށް ކުރި މިދަތުރުގައި އަތޮޅު ކައުންސިލްގެ 03 މެންބަރުންނާއި، އަތޮޅު ކައުންސިލްގެ 16 މުވައްޒަފުންނާއި އަދި ފ. އަތޮޅު ސްޓޯރުގެ މުވައްޒަފަކާއެކު ޖުމްލަ 20 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

މިދަތުރުގައި ސްރީލަންކާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރާތް ކޮށްފައި ވެއެވެ. މި ދަތުރުގައި ފ. އަތޮޅު ސްޓޯރަށް ގެންނަންޖެހޭ ބައެއް މުދާވެސް ގެނެސްފައި ވެއެވެ.

2023 ވަނަ އަހަރުގެ ތަޖުރިބާ ދަތުރު ކޮށްފައިވަނީ ކޮޅުމަޑުލަށެވެ.