"ފ. އަތޮޅު ޤުރްއާން މުބާރާތް 2024" ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

17 ސެޕްޓެންބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ފ. އަތޮޅު ޤުރްއާން މުބާރާތް 2024" ހޯސްޓު ކުރުމުގެ ފުރުޞަތު 2024 ސެޕްޓެންބަރު 16 ވަނަ ދުވަހު ހުޅުވާލައިފިއެވެ.

ފާއިތުވި އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތް ހުޅުވާލެވިފައިވަނީ ހަމައެކަނި މިއަތޮޅުގެ ސްކޫލްތަކަށެވެ.

ފާއިތުވި އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތް ހުޅުވާލެވިފައިވަނީ ހަމައެކަނި މިއަތޮޅުގެ ސްކޫލްތަކަށެވެ. މުބާރާތް ހޯސްޓް ކުރުމަށް ބޭނުންވާ ސްކޫލް ތަކުން އެކަމަށްއެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޯމު ފުރިހަމަ ކުރުމަށްފަހު 30 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 12.00 ގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ. މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޯމު 16 ސެޕްޓެންބަރު 2024 ގައި ސްކޫލްތަކަށް ވަނީ ފޮނުވިފައެވެ.

2024 އޮކްޓޫބަރު 31 އިން 2024 ނޮވެންބަރު 03 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ބާއްވާނީ މުބާރާތް ހޯސްޓް ކުރުމަށްއެދި ސްކޫލްތަކުން އަތޮޅު ކައުންސިލަށް ހުށަހަޅާ ޕްރޮޕޯސަލް ފޯމުތައް އިވެލުއޭޓް ކުރާއިރު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅައިގެން އެންމެގިނަ ޕޮއިންޓް ހޯދި ސްކޫލް ހިމެނޭ ރަށެއްގައެވެ.

މުބާރާތް ހޯސްޓް ކުރުމަށްއެދި ސްކޫލްތަކުން ހުށަހަޅާ ޕްރޮޕޯސަލް ފޯމުތައް އިވެލުއޭޓު ކުރާއިރު، އެއްވެސް ފޯމަކަށް %75 މާކްސް ނުލިބިއްޖެނަމަ، މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ ފ. އަތޮޅު ކައުންސިލުންނެވެ.

ޤުރުއާން މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް މިއަހަރު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވަނީ -/25،000 ރުފިޔާއެވެ. މިފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެއީ މުބާރާތް ފެށުމުގެ ކުރިން -/12،500 ރުފިޔާ ދޫކުރުމަށްފަހު މުބާރާތް ނިމުމުން -/12،500 ރުފިޔާ ދޫކުރާ ގޮތަށެވެ.

2023 ވަނަ އަހަރު ޤުރްއާން މުބާރާތް ބާއްވާފައިވަނީ މިއަތޮޅު މަގޫދޫގައެވެ.