ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދެ ތަމްރީނެއް ހިންގައިފި

03 އޮކްޓޫބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ރިޕޯޓް ތައްޔާރު ކުރުމާއި، އޯޑިއޯ ވީޑިއޯ ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގެ ޕްރޮގްރާމެވެ. 2024 ސެޕްޓެންބަރު 22 އިން 24 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި އަތޮޅު ކައުންސިލް އިދާރާގެ 08 މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މި ތަމްރީނު ޕްރޮގުރާމްގައި ކިޔަވައި ދެއްވާފައިވަނީ ފ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ޢަރީފެވެ.

ދެވަނައަށް ކުރިއަށް ގެންދިޔައީ ކޮރަލްޑްރޯ ތަމްރީނު ޕްރޮގްރާމެވެ. 2024 ސެޕްޓެންބަރު 29 އިން 2024 އޮކްޓޫބަރު 03 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައިވެސް އަތޮޅު ކައުންސިލް އިދާރާގެ 08 މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މި ތަމްރީނު ޕްރޮގުރާމްގައި ކިޔަވައި ދެއްވާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރ ޢަބްދުއްލަޠީފު މުޙައްމަދެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ހިންގި މި ދެ ތަމްރީނު ޕްރޮގްރާމްގެ ސަބަބުން މިދާއިރާތަކުން އަތޮޅު ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަތޮޅު ކައުންސިލުން މިހާތަނަށް ތައްޔާރުކުރި ހުރިހާ ވީޑީއޯ ރިޕޯޓްތައް ތައްޔާރު ކުރަމުން ގެންގޮސްފައިވަނީ ބޭރު މީހުން މެދުވެރިކޮށެވެ.

މި ދެ ތަމްރީނުގައި ކިޔަވައި ދެއްވި ބޭފުޅުން ކިޔަވައި ދެއްވާފައިވަނީ އެއްވެސް އުޖޫރައަކާއި ނުލައި ހިލޭ ސާބަހަށެވެ. އެހެންކަމުން އެބޭފުޅުން ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އަތޮޅު ކައުންސިލްގެ ނަމުގައި އެބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ.