ފ. އަތޮޅު ކައުންސިލާއި، ފ. އަތޮޅު ސްޓޯރުގެ ބައެއް މަޤާމުތަކަށް މީހުން ހަމަޖައްސައިފި

14 އޮކްޓޫބަރު 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ދެ މަޤާމަށާއި، ފ. އަތޮޅު ސްޓޯރުގެ ތިން މަޤާމަށް މީހުން ހަމަޖައްސައި، އެ މަޤާމުތަކަށް ހަމަޖެއްސި މުވައްޒަފުންނަށް މަރުޙަބާކިއުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރުގެ މަޤާމަށް ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ސީނިއާވިލާ ޒަހީރާ އިސްމާޢީލެވެ. ޒަހީރާ އިސްމާޢީލް މި މަޤާމަށް ހަމަޖައްސާފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ. ޒަހިރާ އިސްމާޢީލް މީގެކުރިން ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރުގެ މަޤާމުގައެވެ. ޒަހިރާ އިސްމާޢީލް ފައިނޭންސް އޮފިސަރުގެ މަޤާމަށް ހަމަޖައްސާފައިވަނީ ސީނިއަރ މުވައްޒަފެއްގެ ގޮތުގައި އެމް.އެސް 02 ގެ ރޭންކުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ވެލި ޒުލޭޚާ ރަޝީދާއެވެ. ޒުލޭޚާ ރަޝީދާ މި މަޤާމަށް ހަމަޖައްސާފައިވަނީ 18 ސެޕްޓެންބަރ 2024 ގައެވެ. ޒުލޭޚާ ރަޝީދާ މީގެކުރިން ހުންނެވީ ފ. އަތޮޅު ސްޓޯރުގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައެވެ.

ފ. އަތޮޅު ސްޓޯރުގެ ސާރވިސް އޮފިސަރ ގެ މަޤާމަށް ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ފޭރުމާގޭ އާމިނަތު މުނީޒާއެވެ. އާމިނަތު މުނީޒާ މި މަޤާމަށް ހަމަޖައްސާފައިވަނީ 22 އޮކްޓޫބަރު 2024 ގައެވެ. އާމިނަތު މުނީޒާ މީގެ ކުރިން ހުންނެވީ ފ. އަތޮޅު ސްޓޯރުގެ ސާރވިސް އޮފިސަރުގެ މަޤާމުގައި ވަގުތީގޮތުންނެވެ.

ފ. އަތޮޅު ސްޓޯރުގެ ސަޕޯޓް އޮފިސަރުގެ މަޤާމަށް ދެ މުވައްޒަފަކު ހަމަޖައްސާފައިވެއެވެ. އެއީ ބ. ތުޅާދޫ ދަރެސް ލޫޠު މުޙައްމަދާއި، ފ. ނިލަންދޫ ބިންމާ އިބްރާހީމް ވަޙީދެވެ. ލޫޠު މުޙައްމަދަށް ވަޒީފާ ހަމަޖައްސާފައިވަނީ 17 އޮކްޓޫބަރު 2024 ގައެވެ. އިބްރާހީމް ވަޙީދަށް ވަޒީފާ ހަމަޖައްސާފައިވަނީ 03 ސެޕްޓެންބަރު 2024 ގައެވެ.

މި މަޤާމުތަކަށް ހަމަޖެއްސެވި މުވައްޒަފުންނަށް މަރުޙަބާ ކިއުން ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ. ކޮންމެ މުވައްޒަފަކަށްވެސް މަރުޙަބާ ކިއުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ކައުންސިލްގެ އިދާރީ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.