ދެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާއަދާ ކުރާ މުވައްޒަފުންނަށާއި، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހިންގާފައިވަނީ މައިކްރޯ ސޮފްޓް 365 އަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެކެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން، 2024 އޮކްޓޫބަރު 17 އިން 18 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ ތެރެއިން 22 މުވައްޒަފުން ބައިވެރިވެފައިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ. މި ތަމްރީނު ފެސިލިޓޭޓް ކޮށްދެއްވީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކްސްޓާނަލް ޓްރެއިނަރ މުޙައްމަދު ނަސީމެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހިންގާފައިވަނީ ކައުންސިލްތަކުގެ މާލީބަޔާން ތައްޔާރު ކުރުމުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލުތަކާގުޅޭ ތަމްރީނު ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެ އިދާރާގެ 04 މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މި ތަމްރީނު ފެސިލިޓޭޓް ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢުއެވެ.
|