ފ.އަތޮޅު ސްޓޭޓު ހައުސްގޯތި ސާފު ކުރުމުގެ މަސައްކަތް ރެކުރިއޭޝަން ކުލަބުން ކޮށްފި

08 ފެބުރުވަރީ 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރެކުރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙު" ގެ ފަރާތުން އިންތިޒާމް ކޮށްގެން ފ.އަތޮޅު ސްޓޭޓު ހައުސް ގޯތި ސާފު ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. މި މަސައްކަތަކީ ކުލަބުގެ އަހަރީ މަސައްކަތު ކަލަންޑަރުގައި މިއަހަރު ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރި މި މަސައްކަތުގައި ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ. މިއަދުގެ މި މަސައްކަތުގައި ސްޓޭޓު ހައުސްގޯތީގައި ސާފުކުރަންޖެހޭ ހުރިހާ ތަނެއް ސާފު ކުރެވުނެވެ.

ކުލަބުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ މަސައްކަތްތައް ކުރަމުން ގެންދަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫޙު އާލާކޮށް، މިފަދަ ކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ބޭނުމުގައެވެ.


މުވައްޒަފުން ސްޓޭޓު ހައުސްގޯތި ސާފު ކުރުމުގެ މަސައްކަތް ކުރަނީ

އެގޮތުން ކުލަބުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ކުލަބުން އިންތިޒާމް ކޮށްގެން 03 ފެބުރުވަރީ 2018 ވީ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ފާހަގަކޮށްގެންވެސް -/60،000 ރުފިޔާ ހޯދާފައި ވެއެވެ. މި މަަސައްކަތުގައިވެސް ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަރަށް ފޯރީގައި މަސައްކަތް ކޮށްފައި ވެއެވެ.