2025 ވަނަ އަހަރުގެ ޤައުމީ ދުވަހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

2025 ވަނަ އަހަރުގެ ޤައުމީ ދުވަހުގައި (01 ރަބީޢުލްވަލް 1447) ދިދަ ނެގުމުގެ ރަސްމިއްޔާތު 24 އޮގަސްޓު 2024 ވަނަ ދުވަހުގެ ހެނދުނު 6.00 ގައި ފ. އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.
ކީރިތި ޤުރުއާނުގެ ބަރާކާތުން ފ. އަތޮޅު ކައުންސިލް އިދާރާގެ އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު ފައްޓަވައި ދެއްވި މި ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލް އިދާރާގެ ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ފ. އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.
މިދުވަހާ ގުޅޭގޮތުން ރައީސް ޙައްވާ ޢަބްދުލް ޢަޒީޒު ދެއްކެވި ވާހަކަ ފުޅުގައި، ރަބީޢުލް އައްވަލުމަހުގެ އެއްވަނަ ދުވަހަކީ ކަނޑުގެ ބާޒުގެނަމުން މަޝްހޫރު ވެފައިވާ ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ބޮޑު ތަކުރުފާނާއި އެތަކުފާނުގެ ހިތްވަރުގަދަ ޓީމު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަސްކަމަށާއި، ދިވެހިން އަބަދުމެ މިދުވަހުގެ ހަނދާންތައް ދިރުވައި އާލާކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ. މި ދުވަހަކީ އަބަދުވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަންޖެހޭ ދުވަހެއް ކަމަށާއި، މި ދިވެހި ޤައުމު މިނިވަންކަންމަތީ ދެމެހެއްޓުމަށް އަޅުގަނޑުމެން ދިވެހިން އަބަދުމެ ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށްވިދާޅުވެ މިރަސްމިއްޔާތުގައި ބައިވެރިވެ ލެއްވި ދާއިރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޤައުމީ ސަލާމުން ނިންމި މިރަސްމިއްޔަތުގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ފ. އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.
![]() |
![]() |