ފ.އަތޮޅު ކައުންސިލްގެ ޓީމެއް މިއަތޮޅު ބިލެއްދޫ މަގޫދޫ އަދި ދަރަނބޫދޫއަށް ޒިޔާރާތް ކުރައްވައިފި

15 ފެބުރުވަރީ 2018


ފ.އަތޮޅު ކައުންސިލްގެ ޓީމެއް މިއަތޮޅު ބިލެއްދޫ މަގޫދޫ އަދި ދަރަނބޫދޫއަށް ޒިޔާރާތް ކުރައްވައިފިއެވެ. ބިލެއްދޫ މަގޫދޫއަށް ޒިޔާރާތް ކުރެއްވީ 15 ފެބުރުވަރީ 2018 ގައެވެ. ދަރަނބޫދޫއަށް ޒިޔާރާތް ކުރެއްވީ 14 ފެބުރުވަރީ 2018 ގައެވެ.

މިދަތުރަކީ، ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ދިނުމަށް ހަމަޖެހިފައިވާ "ފާފު އެވޯޑު 2018" އަށް ކުރިމަތި ލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާތީ، މި އެވޯޑަށް ކުރުމަތި ލުމުގެ ދާއިރާ ތަކާއި، އެވޯޑަށް ކުރުމަތިލާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތްތަކާއި، އެވޯޑު ދިނުމުގެ ސިޔާސަތާބެހޭ މަޢުލޫމާތު ވީހާގިނަ ފަރާތްތަކަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކުރި ދަތުރެކެވެ.

މިދަތުރުގައި ބިލެއްދޫ، މަގޫދޫ އަދި ދަރަނބޫދޫގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނާއި، އެރަށްރަށުގެ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި ކުލަނބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ މެންބަރުންނާ ބައްދަލުކޮށް މިއެވޯޑާބެހޭ މަޢުލޫމާތުދީ އެފަރާތްތަކުގެ ޚިޔާލުތައް ހޯދިފައި ވެއެވެ.

މިދަތުރުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނުގެ އިތުރުން ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ބައެއްވެރިން ބައިވެރިވިއެވެ.