ފ. އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ ތަޖުރިބާ ދަތުރު ގއ. އަތޮޅަށާއި ގދ. އަތޮޅަށް

01 ސެޕްޓެންބަރު 2025



ތަޖުރިބާ ހޯދުމަށް ފ. އަތޮޅު ކައުންސިލުން ގއ. އަތޮޅަށާއި، ގދ. އަތޮޅަށް ކުރައްވާ ދަތުރު ފަށައިފިއެވެ. މިދަތުރުގައި ގއ. އަތޮޅަށް ގޮސްފައިވަނީ 2025 އޮގަސްޓު 31 ވަނަ ދުވަހުއެވެ. ތަޖުރިބާ ހޯދުމަށްކުރާ މިދަތުރުގައި ގއ. އަތޮޅުގެ ބައެއް ރަށްރަށަށާއި، ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

2025 އޮގަސްޓު 31 އިން 2025 ސެޕްޓެންބަރު 05 އަށް މި ދެއަތޮޅަށް ކުރައްވާ މިދަތުރުގައި ފ. އަތޮޅު ކައުންސިލްގެ ރައީސާއި، ފ. އަތޮޅު ކައުންސިލްގެ 05 މެންބަރުންނާއި، އިދާރީ 04 ވެރިންނާއެކު ޖުމްލަ 10 ބޭފުޅުން ބައިވެރިވެއެވެ. ދަތުރު ނިންމަވާފައި އެނބުރި ފ. އަތޮޅަށް ދުރުވުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެންބަރު 06 ވަނަ ދުވަހުއެވެ.

ތަޖުރިބާ ހޯދުމަށް ފ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ގޮސްފައިވަނީ ސްރީލަންކާއަށެވެ. 2024 ސެޕްޓެންބަރު 07 އިން 13 އަށް ސްރީލަންކާ އަށް ކުރި މިދަތުރުގައި އަތޮޅު ކައުންސިލްގެ 03 މެންބަރުންނާއި، އަތޮޅު ކައުންސިލްގެ 16 މުވައްޒަފުންނާއި އަދި ފ. އަތޮޅު ސްޓޯރުގެ މުވައްޒަފަކާއެކު ޖުމްލަ 20 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފ. އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ތަޖުރިބާ ދަތުރު ކޮށްފައިވަނީ ކޮޅުމަޑުލަށެވެ.