ފ. މަގޫދޫ ކައުންސިލް އިދާރާއާއި، ފ. ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކޮށްފި

14 ސެޕްޓެންބަރު 2025



ފ. އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލް ތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބަލައި މޮނިޓަރ ކުރުމަށް ފ. އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2025 ވަނަ އަހަރު ފ. މަގޫދޫ ކައުންސިލް އިދާރާއާއި، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ މަސައްކަތްތައް ފ. އަތޮޅު ކައުންސިލުން މޮނިޓަރ ކޮށްފިއެވެ.

ފ. މަގޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 2025 މޭ 10 އިން 13 އަށް ފ. މަގޫދޫ ކައުންސިލް އިދާރާ ގައެވެ. ފ. ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 2025 އެޕްރީލް 21 އިން 23 އަށް ފ. ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ.

ކޮންމެ އަހަރަކު މިއަތޮޅުގެ ރަށު ކައުންސިލް އިދާރާތައް މޮނިޓަރ ކުރުމަށް ފ. އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2025 ވަނަ އަހަރު މޮނިޓަރ ކޮށްފައިވަނީ ފ. މަގޫދޫ، ދަރަނބޫދޫ ކައުންސިލް ނަމަވެސް މިއަރު ނިމުމުގެ ކުރިން ހުރިހާ ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމުމަށްވަނީ ރޭވިފައެވެ.

2025 ވަނަ އަހަރު މޮނިޓަރކުރި ފ. މަގޫދޫ ކައުންސިލް އިދާރާއާއި، ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ މޮނިޓަރިންގ ރިޕޯޓު މިހާރުވަނީ ފ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޢާންމުކޮށްފައެވެ. އަދި މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތައް ރަގަނޅު ކުރުމަށް މޮނިޓަރިންގ ރިޕޯޓް އެ ދެކައުންސިލަށްވެސް ވަނީ ފޮނުވާފައެވެ.