ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ވަޑައިގެންފިއެވެ. ފުރަތަމަ ވަޑައިގެންނެވީ ފ. ބިލެއްދޫ އަށެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި މިއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައި ވެއެވެ.
2025 ސެޕްޓެންބަރު 20 އިން 21 އަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ފ. ބިލެއްދޫ، ފ. ފީއަލި އަދި ފ. ނިލަންދޫއަށް ވަޑައިގެންނެވީ 2025 ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ. ފ. ދަރަނބޫދޫ، ފ. މަގޫދޫ އަށް ވަޑައިގަންނަވާނީ 2025 ސެޕްޓެންބަރު 21 ވަނަ ދުވަހުއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ކޮންމެ ރަށަކަށް ވަޑައިގަތުމުންވެސް ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައިވެއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުރިހާ ރަށެއްގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަދި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ކޮންމެ ރަށަކުންވެސް ގިނަޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނުކުމެފައިވާކަން ފާހަގަ ކުރެވެއެވެ.
ރައީސުލް ޖުމްހހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ރަށްރަށަށް ކުރެއްވި މި ދަތުރުފުޅުގައި ކޮންމެ ރަށަކުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުރިހާ ރަށެއްގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަދި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ކޮންމެ ރަށަކުންވެސް ގިނަޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނުކުމެފައިވާކަން ފާހަގަ ކުރެވެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ފ. ފީއަލި، ފ. ބިލެއްދޫ، ފ. މަގޫދޫ އަދި ފ. ދަރަނބޫދޫ އަށް ވަޑައިގެން އެ ރަށްރަށުގައި ބެންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް އެމަނިކުފާނު ފައްޓަވާ ދެއްވާފައި ވެއެވެ. އަދި މި ދަތުރުފުޅުގައި ފ. އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ދިނުންވެސް އިފްތިތާޙް ކޮށްދެއްވާފައި ވެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މި ދަތުރުފުޅުގައި ބިންގާ އެޅުމަށް ނިންމަވާފައިވާ މަޝްރޫޢުތަކުގެ ބިންގާ އަޅުއްވައި ދެއްވައި، އިފްތިތާޙް ކުރައްވަންޖެހޭ ކަންތައްތައް އިފްތިތާޙް ކޮށްދެއްވާފައި ވެއެވެ.
![]() ފ. ބިލެއްދޫ |
![]() ފ. ފީއަލި |
![]() ފ. މަގޫދޫ |
![]() ފ. ދަރަނބޫދޫ |
![]() ފ. ނިލަންދޫ |
![]() ޕާސްޕޯޓްގެ ޚިދުމަތް ފެށުން |