މިއަތޮޅު ފީއަލީ ކައުންސިލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

17 ފެބުރުވަރީ 2018


މިއަތޮޅު ފީއަލީ ކައުންސިލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 17 ފެބުރުވަރީ 2018 ވަނަ ދުވަހުގެރޭ ޙަފުލާއެއް ބާއްވައިފިއެވެ. މިޙަފްލާ ޝަރަފުވެރި ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފީއަލީ ކައުންސިލުން ބޭއްވި މި ޙަފުލާގައި، ފިއަލީ ކައުންސިލުން 2017 ވަނައަހަރު ހިންގާފައިވާ އެކިއެކި ޙަރަކާތްތަކުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިއުމާއި ޓުރޮފީ ޙަވާލު ކުރުން އޮތެވެ. މުހިންމު ވަނަތަކަށް ދިޔަފަރާތްތަކަށް ހަނދާނީ ލިއުމާއި ޓުރޮފީ ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން އަލްފާޟިލް ޢުމަރު ޒާހިރެވެ.

މީގެއިތުރުން ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ފީއަލީ ކައުންސިލަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް "ހަނދާނާއި ޝަރަފުގެ ހެކި" މިނަމުގައި ހަނދާނީ ފިލައި އެރުވުން އޮތެވެ. އަދި އެކިގޮތްގޮތުން ފީއަލީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފަރާތް ތަކަށްވެސް އެނަމުގައި ފިލައި ދިނުން އޮތެވެ.


ފ.އަތޮޅު މަދަރުސާގެ މުވައްޒަފުން

ފީއަލީ ކައުންސިލުން 2017 ވަނައަހަރު ހިންގާފައިވާ ޙަރަކާތްތަކުގެ ތެރެއިން އެންމެގިނަ ޙަރަކާތްތައް ކާމިޔާބު ކޮށްފައިވަނީ ފ.އަތޮޅު މަދަރުސާއެވެ.

މި ޙަފުލާގައި ފ.އަތޮޅު ކައުންސިލުން ބައިވެރިވެފައިވަނީ ރައީސް އަލްފާޟިލް ޢުމަރު ޒާހިރުގެ އިތުރުން ކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނާއި، ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޞީރާއި، ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަރީފެވެ.