ފ. އަތޮޅުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

22 ސެޕްޓެންބަރު 2025



ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ސެޕްޓެންބަރު 20 އިން 21 އަށް ފ. އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި ފ. އަތޮޅުގެ ހުރިހާ ރަށަކުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ރަށްރަށުގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރި ކޮށްފައެވެ. ކޮންމެ ރަށަކުންވެސް ގިނަޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނުކުމެފައި ވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ފ. ބިލެއްދޫއަށެވެ. ދެން ވަޑައިގެންނެވީ ފ. ފީއައްޔަށާއި ފ. ނިލަންދޫއަށެވެ. މި ރަށްރަށަށް ވަޑައިގެންނެވީ 2025 ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ. ފ. ދަރަނބޫދޫއަށާއި، ފ. މަގޫދޫއަށް ވަޑައިގެންނެވީ 2025 ސެޕްޓެންބަރު 21 ވަނަ ދުވަހުއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފ. އަތޮޅުގެ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައި ވެއެވެ. އަދި ބައެއް ރަށްރަށުގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައި ވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢު ތަކުގެ ތެރެއިން މި ދަތުރު ފުޅުގައި ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފައްޓަވައި ދެއްވައި، އިފްތިތާޙް ކުރައްވަންޖެހޭ މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވާފައި ވެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފައްޓަވައި ދެއްވާފައި ވެއެވެ. އަދި ފ. ފީއަލި، ބިލެއްދޫ، މަގޫދޫ އަދި ދަރަނބޫދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ފައްޓަވާ ދެއްވާފައި ވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފ. ނިލަންދޫގައި ޤާއިމް ކޮށްފައިވާ ކުންޏާއި، ވަސީލަތްތައް މެނޭޖްކުރާ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރވެސް އިފްތިތާޙް ކޮށްދެއްވާފައި ވެއެވެ.

ފ. ފީއަލި، ބިލެއްދޫ، މަގޫދޫ އަދި ދަރަނބޫދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވާ ދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ފ. ނިލަންދޫގައި ޤާއިމް ކޮށްފައިވާ ކުންޏާއި، ވަސީލަތްތައް މެނޭޖްކުރާ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ އިފްތިތާޙް ކޮށްދެއްވީވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ފ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަލީ އިޙްސާނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ޢަމަލީ މަސައްކަތްފެށި މަޝްރޫޢު ތަކާއި އެއްބަސްވުން ތަކުގައި ސޮއިކުރި މަޝްރޫޢުތައް:

ފ. ނިލަންދޫ (20 ސެޕްޓެންބަރު 2025)

ފ. ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ނިލަންދޫގައި ޤާއިމްކުރާ ދަޅު ބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ނިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސް ވުމުގައި ސޮއިކުރުން

ފ. ނިލަންދޫ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެމްކޯއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ނިލަންދޫ ކައުންސިލް އިދާރާ ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ނިލަންދޫ ފުލުހުންގެ މަރުކަޒު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ދަރަނބޫދޫ (21 ސެޕްޓެންބަރު 2025)

ފ. ދަރަނބޫދޫ ފުލުހުންގެ މަރުކަޒު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ދަރަނބޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުން

ފ. މަގޫދޫ (21 ސެޕްޓެންބަރު 2025)

ފ. މަގޫދޫ ފުލުހުންގެ މަރުކަޒު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. މަގޫދޫ ކައުންސިލް އިދާރާ ބިނާ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން

ފ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ބިލެއްދޫ (20 ސެޕްޓެންބަރު 2025)

ފ. ބިލެއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ބިލެއްދޫ ފުލުހުންގެ މަރުކަޒު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ބިލެއްދޫ ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ބިލެއްދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސް ވުމުގައި ސޮއިކުރުން

ފ. ބިލެއްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ބިލެއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން

ފ. ފީއަލި (20 ސެޕްޓެންބަރު 2025)

ފ. ފީއަލީ ބަނދަރު ތަރައްޤީ ކުރުމާއި، ޖެޓީ ޤާއިމް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ފީއަލީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ފީއަލީގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ފ. ފީއަލީ ފުލުހުންގެ މަރުކަޒު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން



ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ފާހަގަ ކުރެއްވި އިތުރު ކަންތައްތައް:

ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް 2 އަހަރާއި 06 ހަމަސްދުވަހުގެ ތެރޭގައި ނިންމާދިނުމާއި އެއަރޕޯޓްގެ ރަންވޭ 1500 މީޓަރުން 1800 މީޓަރަށް ބޮޑުކޮށްދިނުން

ފ. މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާދިނުން

ފ. ނިލަންދޫގައި ރަނގަޅު ފެންވަރުގެ އިސްލާމީ މަރުކަޒެއް އަޅައި ދިނުން

ފ. ނިލަންދޫގައި 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުން

ފ. ނިލަންދޫގައި އަލަށް ޤާއިމްކުރާ ނަރުދަމާގެ މަސައްކަތް ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ނިންމައިދިނުން

ފ. ނިލަންދޫގައި ހޭންޑްބޯލް ކޯޓެއް އެޅުމަށް މިއަހަރުގެ ތެރޭގައި ބަޔަކާ ޙަވާލުކުރުން

ފ. ނިލަންދޫގައި 50 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫޢު ކުރިއަށް ގެންދިއުން

ފ. ނިލަންދޫގައި 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުން

ފ. ނިލަންދޫގައި އަރބަން ސެންޓަރެއްގެ ކުލަ (ތަރައްޤީގެ މަޝްރޫޢު ތަކާއެކު) ޖައްސައިދިނުން

ފ. ދަރަނބޫދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލަކާއި 03 ކްލާސްރޫމްގެ މަސައްކަތް މިއަހަރު ފެށުން

ފ. ދަރަނބޫދޫގައި ފަށާފައިވާ ޔޫތު ސެންޓަރުގެ މަޝްރޫޢާ އެކުގައި އައުޓްޑޯ ވޮލީ ކޯޓެއް ހެދުމުގެ މަސައްކަތް ފެށުން

ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު (ދުވާޓްރެކެއް ހިމެނޭގޮތަށް) ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުން

ފ. ދަރަނބޫދޫ ރަށްގިރުމުގެ މައްސަލަ 2026 ގެ ބަޖެޓްގައި ހިމަނައިގެން ޙައްލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުން

ފ. ދަރަނބޫދޫ ކައުންސިލްގެ އައު ޢިމާރާތް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ގެންދިއުން

ފ. ދަރަނބޫދޫ އިންޑޯ ހޯލްގައި ބެޑްމިންގޓަން ކޯޓު އިތުރުކޮށް ފެންވަރު ރަނގަޅު މަޝްރޫޢެއް ކުރިއަށް ގެންދިއުން

ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒަށް އިތުރު ނަރުހަކު ފެށޭ ހަފްތާގައި ހަމަޖައްސައިދިނުން

ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދިނުން

ފ. ބިލެއްދޫ ބަނދަރުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން ބިލެއްދޫ ބިން ހިއްކައިދިނުން

ފ. ބިލެއްދޫގެ ބަނދަރާއި ބިމުގެ ޖާގަ ކުރެވެންއޮތް އެންމެ ބޮޑަކަށް އިތުރުކޮށްދިނުން

ފ. ފީއަލީގައި ހުއްޓިފައިވާ މަސައްކަތްތައް އަންނަ އަހަރު އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިއަށްގެންދިއުން