ފާފު އެވޯޑު ދިނުމާބެހޭ މަޢުލޫމާތު މިއަތޮޅު ފީއަލި، ނިލަންދޫގެ ކަމާބެހޭ ފަރާތްތަކަށް ދީފި

24 ފެބުރުވަރީ 2018


ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ދިނުމަށް ހަމަޖެހިފައިވާ "ފާފު އެވޯޑު 2018" އަށް ކުރިމަތި ލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާތީ، މި އެވޯޑަށް ކުރުމަތި ލުމުގެ ދާއިރާ ތަކާއި، އެވޯޑަށް ކުރުމަތިލާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތްތަކާއި، އެވޯޑު ދިނުމުގެ ސިޔާސަތާބެހޭ މަޢުލޫމާތު ވީހާގިނަ ފަރާތްތަކަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ފ.އަތޮޅު ކައުންސިލުން މިއަތޮޅު ފީއަލި އަދި ނިލަންދޫގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކޮށްފިއެވެ.

މިގޮތުން ފީއަލި އަދި ނިލަންދޫގެ ރަށުކައުންސިލްގެ މުވައްޒަފުންނާއި، އެދެރަށުގެ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި ކުލަނބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ މެންބަރުންނާ ބައްދަލުކޮށް މިއެވޯޑާބެހޭ މަޢުލޫމާތުދީ އެފަރާތްތަކުގެ ޚިޔާލުތައް ހޯދިފައި ވެއެވެ.

މިބައްދަލު ކުރުމުގައި ފ.އަތޮޅު ކައުންސިލްގެ ފަރާތުން ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނުގެ އިތުރުން ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ބައެއްވެރިން ބައިވެރިވިއެވެ.

މީގެ ކުރިން ބިލެއްދޫ، މަގޫދޫ އަދި ދަރަނބޫދޫގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް އެވޯޑު ދިނުމާބެހޭ މަޢުލޫމާތުވަނީ ދެވިފައެވެ.

މި އެވޯޑަށް ކުރިމަތި ލުމަށް ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 28 ފެބުރުވަރީ 2018 އެވެ.