ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އިކޮނަމިކު ޑިވެލޮޕްމެންޓް އޮފިސަރެއްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

01 މާރިޗު 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އިކޮނަމިކު ޑިވެލޮޕްމެންޓް އޮފިސަރެއްގެ މަޤާމަށް ފ.ނިލަންދޫ އަލިވާގޭ އަލްފާޟިލާ ހުމައިދާ ޙުސައިން 27 ފެބުރުވަރީ 2018 ގައި މަޖައްސަވައިފިއެވެ. ހުމައިދާ ޙުސައިން މި މަޤާމަށް ހަމަޖެއްސެވިއިރު ހުންނެވީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައެވެ.

އިކޮނަމިކު ޑިވެލޮޕްމެންޓް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ހުމައިދާ ޙުސައިނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 28 ފެބުރުވަރީ 2018 ގައި ފ.އަތޮޅު ކައުންސިލްގެ އިދާރާގައި ޙަފްލާއެއް ބޭއްވިއެވެ. މިޙަފްލާގައި ހުރިހާ މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

ޙުމައިދާ ޙުސައިން އަކީ 25 ޖަނަވަރީ 2000 އިން ފެށިގެން މިއިދާރާގައި ވަޒީފާ އަދާ ކުރަމުން ގެންދާ މުވައްޒަފެކެވެ.