ރައީސުލް ޖުމްހޫރިއްޔާ މިއަތޮޅު ނިލަންދޫއަށް ވަޑައިގެންފި

01 ނޮވެންބަރ 2017

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، މިއަތޮޅު ނިލަންދުއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިއަތޮޅަށާއި، ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވާ ދަތުރު ފުޅެކެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިލަންދޫއަށް ފައިބާ ވަޑައިގެންނެވުމާއެކު، ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރު ފުޅުގައި ދ.ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ "ދާލު" އެއަރޕޯޓް ހުޅުއްވައި ދެއްވިއެވެ.

ކުޑަހުވަދޫގައި ޤާއިމް ކޮށްފައިވާ އެއާޕޯޓަކީ މިހާތަނަށް ޤާއިމް ކުރެއްވި އެންމެ ފެންވަރު ރަގަނޅު ޑޮމެސްޓިކް އެއާޕޯޓެވެ.