ފ.އަތޮޅު ކައުންސިލްގެ ޓީމެއް މިއަތޮޅު ފީއައްޔަށް ޒިޔާރާތް ކުރައްވައިފި

06 މާރިޗު 2018


ފ.އަތޮޅު ކައުންސިލްގެ ޓީމެއް 06 މާރިޗު 2018 ގައި މިއަތޮޅު ފީއައްޔަށް ޒިޔާރާތް ކުރައްވައިފިއެވެ.

މިދަތުރަކީ ފީއަލީގައި ސަރުކާރުން ޤާއިމްކުރައްވާ ނަރުދަމާގެ ޢަމަލީ މަސައްކަތް ފަށާފައިވާތީ، އެމަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވާ ލެއްވުމަށާއި، ފީއަލީ ކައުންސިލްގެ އިދާރާގެ އިދާރީ ބައެއް ކަންކަން ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރެކެވެ.

މި ދަތުރުގައި ފީއަލީ ނަރުދަމާ ނިޒާމުގެ ކަންތައްތައް ކުރިއަށް ގެންދާގޮތް ބައްލަވައި އަތޮޅުކައުންސިލުން ވެދެވެންހުރި އެހީތެރިކަމަކީ ކޮބައިކަން ސާފު ކުރެއްވިއެވެ.

މީގެ އިތުރުން މިދަތުރުގައި ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙްމަދު ފީއަލީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައިސާއާއި ބައްދަލު ކުރައްވައި 08 މާރިޗު 2018 ވަނަ ދުވަހަކީ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހަށްވާތީ، މިދުވަސް ފީއަލީގައި ފާހަގަ ކުރުމުގެ ގޮތުން ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު އޮޅުން ފިލުވައި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ކުރަމުން ގެންދާ ގޮތާއި، މަސައްކަތްތައް ކުރުމުގައި ދިމާވަމުންދާ ދަތިތައް އޮޅުން ފިލުއްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިހުރި ޕްރޮގްރާމް ތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިދަތުރުގައި ބައިވެރިވެ ވަޑައިގަތީ؛

01- ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މަޙުމޫދު އަޙްމަދު

02- ފ.އަތޮޅު ކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދު

03- ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނު

04- ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް ނަޞީރު

05- ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލާ ޖަމީލާ އިބްރާހީމް

06- އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު އަޙްމަދު