ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑުގެ ތިންބަޔަކުން ފ.އަތޮޅު ކައުންސިލުން 01 ވަނަ ހޯދައިފި
2016 ވަނައަހަރު ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްއިން ތިން ބަޔަކުން ފ.އަތޮޅު ކައުންސިލުން 01 ވަނަ ހޯދައިފިއެވެ. ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްއިން މަތީވަނަތައް ޙާޞިލްކުރި ކައުންސިލްތަކަށް ކަންގަތި އެވޯޑު ދިނުމަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީގެ ފަރާތުން މާލެއަތޮޅު ގުރައިދޫ ސްކޫލްގައި 25 މާރިޗު 2018 ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލަށް ލިބުނު ފިލަޔާއި ހަނަދާނީ ލިއުމާއި ޙަވާލުވެ ލެއްވީ މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތް ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.
2016 ވަނައަހަރުގެ ލޯކަލް ޕާރފޯމް އިންޑެކްސްއިން ފ.އަތޮޅު ކައުންސިލުން 01 ވަނަ ހޯދާފައިވާ ވަނަތައް ތިރީގައި އެވަނީއެވެ.
01- ލޯކަލް ކައުންސިލްގެ ޕާރފޯމަންސް އިންޑެކްސްގެ ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބު އިންޑެކުސްގެ ބައިން އަތޮޅު ކައުންސިލްތަކުން ފ.އަތޮޅު ކައުންސިލް އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ޙާޞިލް ކޮށްފައިވާތީ މާރާދަ ހަނދާނީ ފިލައި ލިބިފައި ވެއެވެ.
02- ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ ސެކިއުރުޓީ ސަބުއިންޑެކުސްގެ ބައިން އަތޮޅުކައުންސިލް ތަކުން ފ.އަތޮޅު ކައުންސިލް އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ހޯދާފައިވާތީ މާރާދަ ހަނދާނީ ފިލައި ލިބިފައި ވެއެވެ.
03- ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ އަތޮޅު ކައުންސިލް ތަކުގެ ތެރެއިން ކުރީއަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމެއް ފ.އަތޮޅު ކައުންސިލް ހޯދައި މިބައިން 01 ވަނަ ޙާޞިލް ކޮށްފައިވާތީ ކާންނާ ހަނދާނީ ފިލައި ލިބިފައި ވެއެވެ.
2016 ވަނައަހަރުގެ ޕާރފޯމަންސް އިންޑެކްސްގެ އަތޮޅު ކައުންސިލް ތަކުގެ ރޭންކުން އެންމެ ރަގަނޅު 05 ކައުންސިލްގެ ތެރޭގައިވެސް ފ.އަތޮޅު ކައުންސިލް ހިމެނެއެވެ.
ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްއަކީ ކައުންސިލް ތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާރފޯމެންސް މިންކޮށް ވަޒަން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ އިންޑެކްސް އެކެވެ.