މަގޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި

11 އެޕްރީލް 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ 2018 ވަނައަހަރުގެ އަހަރީ ކަލަންޑަރުގައި އަތޮޅު ކައުންސިލުން އިސް ނަގައިގެން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމް ތަކުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި، އިދާރީ ވެރިންނާއި އިދާރީ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

08 އެޕްރީލް 2018 އިން 10 އެޕްރީލް 2018 އަށް 03 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގުރާމްގައި ޖެމްސް މެދުވެރިކޮށް އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، ޖެމްސްގެ ތެރޭގައި ލިޔެކިއުންތައް ރައްކާކޮށް ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތާއި އިރުޝާދުތައް ދެވިފައި ވެއެވެ. އަދި ޖެމްސް ބޭނުން ކުރުމުގައި މުވައްޒަފުންނަށް ކުރިން އެނގިފައިނުވާ ގިނަކަންތައް ތަކެއްގެ މަޢުލޫމާތު އޮޅުން ފިލުވައިދީ އެކަން ކަމަށް މުވައްޒަފުން އަހުލުވެރި ކުރުވިފައި ވެއެވެ.

މަގޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ޖެމްސްއާއިބެހޭ މަޢުލޫމާތު ދީފައިވަނީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނާއި، ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ޖެމްސް ޓުރެއިނިންގ ޕްރޮގުރާމަކީ މިއަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާ ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުވެރި ކުރުވުމަށް ފ.އަތޮޅު ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.