ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

06 މޭ 2018


މުޅި މުބާރާތުގެ 01 ވަނަ ޓީމަށް ޓުރޮފީ ޙަވާލުކުރަނީ

ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު 05 މޭ 2018 ދުވަހު ފ.މަގޫދޫ ސޯޝަލް ސެންޓަރގައި ބާއްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފ.ނިލަންދޫ އޯކިޑުމާގޭ އަލްފާޟިލް އަޙްމަދު ޢަލީއެވެ. މި މުބާރާތުގައި ފ.އަތޮޅުގެ 03 ސުކޫލުންނާއި 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ދެކުނުގޭ ޝަހުލާ ޢަބްދުލް ފައްތާޙު އެވެ. ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރގެ ދަރިވަރ ފ.ބިލެއްދޫ އަލިވިލާގޭ މުސްލާ މޫސާއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާމަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

މި މުބާރާތުގައި ވާދަކުރި 08 ޓީމުގެ ތެރެއިން އެއްވަނަ ޓީމަކަށް ހޮވިފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރެވެ. ދެވަނަ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު މަދަރުސާއެވެ.


ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ނައިބުރައީސް މަޙްމޫދުއަޙްމަދާއި، އަތޮޅުކައުންސިލްގެ ވެރިންނާއި، ބައެއް ރަށުކައުންސިލްތަކުގެ ރައީސުންނާއި، ނައިބުރައީސުންނާއި ކައުންސިލް މެންބަރުން އަދި މަގޫދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.

ބަލައިގެން ކިޔެވުމުގެ ބައިން 09 އަހަރުން ދަށް:

އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

ދެވަނަ: ރައިޠަތު ބިންތު މުޙައްމަދު މުސްޠަފާ ނާރެސް ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

ތިންވަނަ: ޖިއާން ޢަބްދުލް މަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން:

އެއްވަނަ: ޢާއިޝަތު ޔާނާ އަޙްމަދު ނަދީލާމަންޒިލް ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

ދެވަނަ: ސިޠާމް މުޙައްމަދު ޝިޔާމު ވާދީ ފ.ބިލެއްދޫ (ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާ)

ތިންވަނަ: ޖުމާން ޢަބްދުލް މަޖީދު އޯކިޑުމާގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)


މުޅި މުބާރާތުގެ 01 ވަނަ ދަރިވަރަށް ޓުރޮފީ ޙަވާލު ކުރަނީ

ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން:

އެއްވަނަ: ޝަހުލާ ޢަބްދުލް ފައްތާޙު ދެކުނުގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

ދެވަނަ: މުސްލާ މޫސާ އަލިވިލާގެ ފ.ބިލެއްދޫ (ފ.ބިލެއްދޫ ލާރނިންގ ސެންޓަރ)

ތިންވަނަ: އަންމާރު ބިން މުޙައްމަދު މުޞްތަފާ ނާރެސް ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

މުޅި ޤުރުއާން ބަލައިގެން ކިޔެވުމުގެ ބައިން:

އެއްވަނަ: ފާޠިމަތު ޝަހުފާ ޚަލީލު ވީނަސް ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

ދެވަނަ: ޒުޙުރުފް ޢަބްދުއްސައްތާރު ޗަމަން ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

ތިންވަނަ: ފާޠިމަތު ނަހުމާ ޗާންދަނީގެ ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

ނުބަލައި ކިޔެވުމުގެ ބައިން 09 އަހަރުން ދަށް:

އެއްވަނަ: މަޒީނާ ޢަބްދުﷲ އަޙްމަދު ހިޔާ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)/p>

ދެވަނަ: ދެވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން:

އެއްވަނަ: ޒަހީން ޢަބްދުﷲ ރާފިޢު ފެންފިޔާޒުގެ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

ދެވަނަ: އަމަތުﷲ ޢަބްދުﷲ އަޙްމަދު ހިޔާ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

ތިންވަނަ: މިހުނާ ރަޝީދު ސަލްޖަމްގެ ފ.ބިލެއްދޫ (ފ.ބިލެއްދޫ ލާރނިންގ ސެންޓަރ)

ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން:

މިބައިން ވަނަހޮވޭ ވަރަށް އެއްވެސް ކުއްޖަކަށް މާކްސް ލިބިފައެއް ނުވެއެވެ.

ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވެސް ކުއްޖަކު ބައިވެރިވެފައި ނުވާތީ މިބައިގެ ވަނަތައް ހޮވިފައެއް ނުވެއެވެ.