ފ.އަތޮޅު ކައުންސިލުން މާހެފުން ބާއްވައިފި

14 މޭ 2018


ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިއުމުގެ ގޮތުން ފ.އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މާހެފުން 13 އެޕްރީލް 2018 ވަނަ ދުވަހުގެ ހަވީރު 4.30 ގައި ފ.އަތޮޅު ސްޓޭޓު ހައުސްގެ ގޯތިތެރޭގައި ބާއްވައިފިއެވެ.

މިއަހަރުގެ މާހެފުން ޚާއްޞަ ކޮށްފައިވަނީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ޢާއިލީ މާހެފުމެއްގެ ގޮތުގައެވެ.

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޢާއިލީ މާހެފުމެއްގެ ގޮތުގައި މިއަހަރުގެ މާހެފުން ބާއްވަން ނިންމީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މައިން ބައފައިންނާއި އަނބިދަރިން އެއްތަނަކުން ބައްދަލުކޮށްލައި ހުރިހާ ފަރާތެއްގެ ގުޅުން ބަދަހިކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ބޭނުމުގައެވެ.

މާހެފުން އިން އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ގެންދިޔައީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރެކުރިއޭޝަން ކުލަބުންނެވެ.

މާހެފުމުގައި ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ވެރިންނާއި މުވައްޒަފުން އަދި އެބޭފުޅުންގެ ޢާއިލާތައް ބައިވެރިވެފައި ވެއެވެ.