ފ.އަތޮޅު ކައުންސިލުން މިއަތޮޅު ފީއަލީގައި އެއްގަމު ލައިސަންސް ދިނުމުގެ މަސައްކަތް ކޮށްފި

13 ޖޫން 2018


މިއަތޮޅު ފީއަލީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ފ.އަތޮޅު ކައުންސިލްގެ ޓީމެއް މިއަތޮޅު ފީއައްޔަށް ގޮސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި، ލައިސަންސް ފޮތަށް ކެޓަރީ އިތުރު ކޮށްދިނުމުގެ މަސައްކަތް ކޮށްފިއެވެ.

މި މަސައްކަތް އެރަށުގައި ކޮށްފައިވަނީ 10 ޖޫން 2018 އިން 12 ޖޫން 2018 އަށެވެ.

މި މަސައްކަތަކީ ރަށްރަށުގެ ރަށްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ރަށުގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ހިންގާ ޕްރޮގުރާމްގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ލައިސަންސް ދިނުމަށް ފީއަލީގައި ކުރެވުނު މަސައްކަތުގައި މުޅިން އަލަށް ސައިކަލް ދުއްވުމުގެ ލައިސަންސް 22 ފަރާތަކަށް ދޫކުރެވިފައި ވެއެވެ. އަދި 39 މީހެއްގެ ލައިސަންސް ފޮތަށް ރަށުޕިކަޕު ދުއްވުމުގެ ހުއްދަ C3,C4 ކެޓަގަރީ އިތުރު ކޮށްދެވިފައި ވެއެވެ.

ލައިސަންސް ދޫކުރުމަށް ފީއައްދިޔަ ޓީމުގައި ހިމެނިވަޑައި ގަންނަވަނީ؛

01- ފ.އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙްމޫދު އަޙްމަދު

02- ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ އިބުރާހީމް ޝަރީފު

03- ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު

ފީއަލީގައި ލައިސަންސް ދިނުމަށް އަތޮޅު ކައުންސިލުން ފީއައްޔަށްކުރި ދަތުރުގައި ފީއަލީ ކައުންސިލްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރު ލުމެއް ލިބިފައި ވެއެވެ.