ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބާއްވައިފި

10 ސެޕްޓެންބަރ 2018


ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބާއްވައިފިއެވެ.

މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން 04 ސެޕްޓެންބަރ 2018 އިން 06 ސެޕްޓެންބަރ 2018 އަށް ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ރާޒުވާ އަދި ބެޑްމިންގޓަން އެވެ. މިއީ ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ކުޅިވަރު މުބާރާތެވެ.

ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކެރަމް ސިންގަލް ޗެމްޕިއަނަކީ ބަދަހިޓީމުގެ މަޙުމޫދު އަޙުމަދެވެ. ކެރަމް ޑަބަލްސް ޗެމްޕިއަނުންނަކީ ބުންވަރު ޓީމުގެ ފާޠިމަތު އަޙުމަދާއި، ނުޒުލާ ޖަލީލު އެވެ.


ކެރަމް މުބާރާތުގެ ތެރެއިން

ބެޑްމިންގޓަން ޗެމްޕިއަނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙީދު ޢަބްދުލް ޢަޒީޒެވެ. ބެޑްމިންގޓަން ޑަބަލްސް ޗެމްޕިއަނުންނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒާއި، ޔޫސުފު ދާއޫދުއެވެ.

ރާޒުވާ ޗެމްޕިއަނަކީ ބުންވަރު ޓީމުގެ އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅުންތެރިން ޕްރެކްޓިސް ކުރުމާއި، މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.