އިންޓަރ އޮފީސް ގޭމްސް 2018 ގައި ފ.އަތޮޅު ކައުންސިލުން ބައިވެރިވުމަށް ނިންމައިފި

11 އޮކްޓޯބަރ 2018


ފ.އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ފ.ނިލަންދޫގައިހުރި ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން އިންޓަރ އޮފީސް ގޭމްސް 2018 މިނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތުގައި ފ.އަތޮޅު ކައުންސިލުން ބައިވެރިވުމަށް މިއަދު ނިންމައިފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ނޮވެންބަރ 2018 ގައެވެ.

މި މުބާރާތުގައިކުޅޭ ކުޅިވަރުތަކަކީ ފުޓުސަލް، ބެޑްމިންގޓަން، އަންހެނުންގެ ވޮލީ، ކެރަމް އަދި ރާޒުވާއެވެ. މިހުރިހާ ކުޅިވަރެއްގައިވެސް ފ.އަތޮޅު ކައުންސިލުން ވާދަ ކުރުމަށްވަނީ ނިންމާފައެވެ.

ފ.އަތޮޅު ކައުންސިލުން ބައިވެރިވާ މި މުބާރާތުގައި ޓީމުތަކަށާއި، އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރުމަށް ހަމަޖެހިފައިވަނީ ފ.އަތޮޅު ކައުންސިލްގެ ރެކުރިއޭޝަން ކުލަބު އެއްބައިވަންތަ ކަމުގެ ރޫޙުގެ ފަރާތުންނެވެ.

މި މުބާރާތުގައި ފ.އަތޮޅު ކައުންސިލުން ހަމަޖައްސަންޖެހޭ އިދާރާތީ އިންތިޒާމްތަކާއި، ކުޅިވަރު މުބާރާތާބެހޭ ގޮތުން ފ.އަތޮޅު ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް ކޮމެޓީއެއްވަނީ އެކުލަވާލެވިފައެވެ. އެކޮމެޓީގައި ހިމެނެނީ:

01- ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު ރަފީޢު

02- އެސިސްޓެންޓު ޑިރެކްޓަރ ފަރީދާ އިބުރާހީމް

03- ސީނިއަރ އެޑުމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ ޢަބުދުލް ޢަޒީޒު

04- އެޑުމިނިސްޓްރޭޓިވް އޮފިސަރ ޢާއިޝަތު ޔުމްނާ

ފ.އަތޮޅު ހޮސްޕިޓަލުން މިމުބާރާތް ބޭއްވުމުގެ ބޭނުމަކީ އޮފީސްތަކުގެ މެދުގައި އަދި އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންތައް ރަގަނޅުކޮށް، މި މުބާރާތުގެ ތެރެއިން އެކިއެކި ކުޅިވަރުތަކުން މޮޅު ކުޅުންތެރިން އުފެއްދުމެވެ.