މަޢުލޫމާތު ހާމަކުރުމުގައި ދެވަނަ ދަރަޖަ ފ.އަތޮޅު ކައުންސިލުން ހޯދައިފި

21 އޮކްޓޯބަރ 2018


މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވެބުސައިޓު މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު އެންމެ ރަގަނޅަށް ހާމަކުރާ ދައުލަތުގެ އިދާރާތައް ދަރަޖަ ކުރުމުގައި 2018 ވަނައަހަރު ފ.އަތޮޅު ކައުންސިލުން ދެވަނަ ދަރަޖަ ހޯދައިފިއެވެ. މިއީ ވެބްސައިޓު މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ދެވަނަ ދަރަޖަ ފ.އަތޮޅު ކައުންސިލުންހޯދި ފުރަތަމަ ފަހަރެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް ހޮވުނު އިދާރާތަކާއި، މަޢުލޫމާތު ހާމަކުރުމުގައި ދައުލަތުގެ އިދާރާތައް ދަރަޖަ ކޮށްފައިވާގޮތް އިޢުލާނުކުރީ މިކަމަށްޓަކައި އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން 17 އޮކްޓޯބަރ 2018 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ރަންވަނަ ހޯއްދެވި އިދާރާތަކަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ޝަރަފުވެރި ކަމުގެ އެވޯޑު ދެއްވާފައި ވެއެވެ.

މިނިވަން މުވައްސަސާތަކުން ރަންވަނަ ހޯދާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ. މިއީ މިއިނާމު ވިދިވިދިގެން އެކޮމިޝަނުން ހޯދި ތިންވަނަ ފަހަރެވެ. ލޯކަލްކައުންސިލް ތަކުން ރަންވަނަ ހޯދާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއެވެ. މިއީ މިއިނާމު އެއިދާރާއިން ހޯދި ދެވަނަ ފަހަރެވެ. ސަރުކާރުގެ އިދާރާތަކުން ރަންވަނަ ހޯދާފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑު ފެމެލީއެވެ.


* ދައުލަތުގެ އިދާރާތައް ދަރަޖަކުރުން 2018