މުސާރައާއި އެލަވަންސުން އުނިކުރާ ޤަވާޢިދާއި ކިޔަވަންޖެހޭ ޤަވާޢިދު ބަޠިލް ކޮށްފި

15 ނޮވެންބަރ 2017

ސިވިލް ސާވިސްގެ މުވައްޒަފުން ބްރޭކް ގަޑިއަށްވުރެ އިތުރަށް އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު ތަކަށް މުސާރައާއި ސާވިސް އެލަވަންސުން ކެނޑުމާއި، ވަކި ދަރަޖައަކުން މަތީގެ ވަޒީފާގައިތިބި މުވައްޒަފުން ޑިޕޮލޮމާ ފެންވަރަށް ކިޔެވުމަށް ސިވިލް ސާވިސް ކޮމިޝަނުން ޢާންމުކުރި ޤަވާޢިދު އެކޮމިޝަނުން މިއަދު ބާޠިލް ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުއްވި ސާރކިއުލާގައި އެ ދެޤަވާޢިދު ބާޠިލް ކޮށްފައިވާ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ދެޤަވާޢިދަކީ ސިވިލްސާވިސް މުވައްޒަފުންގެ ކަންބޮޑުވުން ތަކެއްހުރި ދެ ޤަވާޢިދެވެ.

ވަކި ދަރަޖައަކުން މަތީގެ މަޤާމުގައިތިބި މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔެވުން ނުވަތަ ވަޒީފާ ދޫކޮށްލަންޖެހޭގޮތަށް ޢާންމު ކޮށްފައިވާ ޤަވާޢިދުގައިވާ ގޮތުން 2019 ޖޫންމަހުގެ ނިޔަލަށް ޑިޕްލޮމާ ޙާޞިލް ނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރެވޭނެ ކަމުގައި ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ސިވިލް ސާވިސް ކޮމިޝަނުން ޢާންމުކުރި ޤަވާޢިދުގައި ބުނެފައި ވެއެވެ.