އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް އަތޮޅުކައުންސިލުން ހިންގައިފި

20 ޑިސެންބަރ 2018


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ އިދާރީ މުވައްޒަފުންނަށް އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ހިންގައިފިއެވެ. މިޕްރޮގުރާމަކީ ސިވިލްސާރވިސް ޓުރޭނިންގ އިންސިޓިއުޓާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއި ގުޅިގެން 06 ގަޑިއިރަށް ހިންގި ޕްރޮގުރާމެކެވެ.

18 ޑިސެންބަރ 2018 އިން 19 ޑިސެންބަރ 2018 އަށް ފ.އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގުރާމްގައި އަތޮޅުކައުންސިލް އިދާރާގެ 06 މުވައްޒަފަކާއި، ފ.އަތޮޅު ހޮސްޕިޓަލާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި މިއިން ކޮންމެ ތަނަކުން އެއް މުވައްޒަފުންނާއެކު ޖުމްލަ 08 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދިއުމުގެ ފެސިލިޓޭޓަރެއްގެ ގޮތުގައި ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމަށް ހިންގާ މިޕްރޮގުރާމަކީ އަތޮޅު ކައުންސިލް އިދާރާގެ އިދާރީ ހުރިހާ މުވައްޒަފުންނަށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމަކަށްވާތީ، ސަލާމާއި ޗުއްޓީގައިތިބި މުވައްޒަފުންނާއި އެހެންވެސް ގޮތަކުން މިޕްރޮގުރާމްގައި ބައިވެރި ވެފައިނުވާ މުވައްޒަފުންނަށް ވީހާއަވަކަށް މިތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.