2019 ވަނައަހަރަށް ލަފާކުރި ބަޖެޓާއި މަސައްކަތު އަހަރީ ކަލަންޑަރ ފާސްކޮށްފި

17 ޖަނަވަރީ 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން 2019 ވަނައަހަރަށް ލަފާކުރި ބަޖެޓާއި، 2019 ވަނައަހަރުގެ މަސައްކަތު އަހަރީ ކަލަންޑަރ، އަތޮޅުކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތީން، އަތޮޅު ކައުންސިލްގެ 2019 ވަނައަހަރުގެ ފުރަތަމަ ޢާންމު ޖަލްސާއިން 10 ޖަނަވަރީ 2019 ވަނަ ދުވަހު ފާސްކޮށްފިއެވެ.

2019 ވަނައަހަރަށް އަތޮޅުކައުންސިލުން ފާސްކުރި ބަޖެޓަކީ މިހާތަނަށް ފާސްކުރި އެންމެބޮޑު ބަޖެޓެވެ. ބަޖެޓުގެ ޚަރަދުތައް ކަނޑައަޅައި ފާސްކޮށްފައިވަނީ 2019 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ މައްޗަށެވެ. އެގޮތުން 2019 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ -/22,512,811 ރުފިޔާއެވެ. ޚަރަދުވާނެ ކަމަށް ލަފާކުރަނީ -/22,076,168 ރުފިޔާއެވެ.

2019 ވަނައަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ކުރަން ކަނޑައަޅާފައިވާ މުހިންމު ކަންތައް ތަކުގެ ތެރޭގައި ފީއަލި، ބިލެއްދޫ، މަގޫދޫ އަދި ނިލަންދޫގައި ކުޑަކުދިންގެ ޕާރކު ހެދުމަށް ބޭނުންވާ ތަކެއްޗާއި، ދަރަނބޫދޫ އިންޑޯހޯލްގައި މެޓުއެޅުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކޮންމެ ރަށަކަށް -/150،000 ރުފިޔާ ދިނުމާއި، ފާފު އެންމެ ސާފު ޕްރޮގުރާމްގެ ޙަރަކާތްތައް ހިންގުމަށް އަތޮޅުގެ ކޮންމެ ރަށަކަށް ރަށުޕިކަޕެއް ހޯދައި ދިނުމާއި، ފ.އަތޮޅު އެވޯޑުދިނުމާއި، ފ.އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމާއި، ޖަމާޢަތްތެރިން ތަމްރީނު ކުރުމާއި، ރަށްރަށުގެ މުދިމުން ތާޒާކުރުމާއި، އަތޮޅުގެ ރަށްރަށުގައި ދީނީ ނަޞޭޙަތް ދިނުމާއި، ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕުރޮގުރާމްތައް ހިންގުން ހިމެނެއެވެ.