އެޑުމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

17 ޖަނަވަރީ 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެޑުމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ ވައިއެރޭގޭ އަލްފާޟިލާ ޖަމްނާ މޫސާ ނަޢީމު 16 ޖަނަވަރީ 2019 ގައި ހަމަޖައްސަވައިފިއެވެ.

އެޑުމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޖަމްނާ މޫސާ ނަޢީމަށް މަރުޙަބާ ދެންނެވުން 17 އެޕްރީލް 2019 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި އޮތެވެ. މިކަމުގައި ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ޖަމްނާ މޫސާ ނަޢީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޙަފުލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދާއި، ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނު ވާހަކަފުޅު ދެއްކެވިއެވެ.

ޖަމްނާ މޫސާ ނަޢީމަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން
ޖަމްނާ މޫސާ ނަޢީމަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން

އަލަށް ވަޒީފާ ހަމަޖެހުނު ޖަމްނާ މޫސާ ނަޢީމުގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް ކައުންސިލް އިދާރާއަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މަސައްކަތުގެ ތަޖުރިބާއާއި ހުނަރު ލިބިފައިވާ މުވައްޒަފުންގެ ކިބައިން މަޢުލޫމާތާއި ހުނަރުވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި، އަދި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންވެސް އެމުވައްޒަފެއްގެ ވަޒީފާގެ ޒިންމާތައް އަދާކުރެއްވުމުގައި އިޚުލާޞްތެރިވެ، ކައުންސިލް އިދާރާއަށް އަދި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް މަސައްކަތް ކުރުމަށް ނައިބުރައީސް މަޙުމޫދު އަޙުމަދާއި، ޑިރެކްޓަރ ޖެނެރަލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނު ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.