ތަފާސް ހިސާބުގެ ޓުރެއިނިންގ ޕްރޮގުރާމެއް ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް ހިންގައިފި

07 މާރިޗު 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމުރީނު ޕްރޮގުރާމް ތަކުގެ ތެރެއިން ތަފާސް ހިސާބު ނެގުމާއި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމެއް މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ހިންގައިފިއެވެ.

2019 މާރިޗު 05 އިން 06 އަށް ނިލަންދޫ ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގުރާމްގައި އެއިދާރާގެ 09 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރ ޝަޒީލާ މޫސާއާއި، ރިޗާރޗު އޮފިސަރ ޚަދީޖާ ޢަލީއެވެ. މި ޕްރޮގުރާމް އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.