ފ.އަތޮޅުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

09 މާރިޗު 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

މިއަހަރު މޮނިޓަރކުރާ ފުރަތަމަ ކައުންސިލެއްގެ ގޮތުގައި ބިލެއްދޫ ކައުންސިލްގެ އިދާރާ ކަނޑައަޅައި، އެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 04 މާރިޗު 2019 ގައި ފައްޓަވައި 07 މާރިޗު 2019 ގައިވަނީ ނިންމަވާފައެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ބޭއްވި ބައްދަލު ވުމުގައި މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތަކާބެހޭ މަޢުލޫމާތުވެސް އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނަށް ދެވިފައިވެއެވެ.

މޮނިޓަރިންގ ޓީމުގައި ހިމެނިވަޑައިގަންނަވަނީ;

01- ޑިރެކްޓަރ އިބުރާހީމް ނަޞީރު

02- އެސިސްޓެންޓު ޑިރެކްޓަރ ފަރީދާ އިބުރާހީމް

03- އިކޮނަމިކު ޑިވެލޮޕްމަންޓު އޮފިސަރ ޖަމީލާ އަޙުމަދު

04- ޕްރޮޖެކްޓު އޮފިސަރ ޖަމީލާ އިބުރާހީމް