"ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގެ ޤަވާޢިދާއި އުޞޫލު އަތޮޅު ކައުންސިލުން ފާސްކޮށްފި

09 މާރިޗު 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދާގޮތަށް ނިންމައި، މުބާރާތުގެ ޤަވާޢިދާއި، އުޞޫލް އަތޮޅު ކައުންސިލްގެ މިއަހަރުގެ 07 ވަނަ ޢާންމު ޖަލްސާއިން 07 މާރިޗު 2019 ގައި ނިންމަވައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ޤަވާޢިދު އެކުލަވާލައިފައިވަނީ ރަށުކައުންސިލްތަކާއި ސްކޫލް / މަދަރުސާތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލުތައް ހޯދައި، ވީހާ ގިނަ ކުދިންނަށް މުބާރާތުގައި ބައިވެރިވެވޭނެ ގޮތަށް ބަލައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ކުރީއަހަރު ހިމެނިފައިނުވާ ބައެއް އުމުރުފުރާތައް ހިމަނާފައި ވެއެވެ.

މިއަހަރުގެ މުބާރާތް ބާއްވާނެ ވަކިރަށެއް އަތޮޅު ކައުންސިލުން ނިންމާފައިނުވި ނަމަވެސް މުބާރާތް ބާއްވަމުން ގެންދާ ތަރުތީބަށް ބަލާއިރު މުބާރާތް ބާއްވަންޖެހޭނީ މިއަތޮޅު ދަރަނބޫދޫގައެވެ. މުބާރާތް އޮންނާނީ 2019 އެޕްރީލް މަހުގެ ތެރޭގައެވެ.

މުބާރާތުގެ ޤަވާޢިދާއި އުޞޫލް މިއިދާރާގެ ފޭސްބުކު ޕޭޖުންވެސް ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

# ފޭސްބުކުޕޭޖުގެ އެޑްރެހަކީ FACouncil އެވެ.

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގެ ޤަވާޢިދު

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގެ އުޞޫލް