ފ.އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި

13 މާރިޗު 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" އަންނަ އެޕްރީލް މަހުގެ 18 އިން 20 އަށް ފ.ދަރަނބޫދޫގައި ބާއްވާ ގޮތަށް ނިންމަވައި، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ފ.އަތޮޅުގެ ސްކޫލް މަދަރުސާ ތަކުންނާއި، ފ.އަތޮޅުގެ ރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ ޤުރުއާން ކުލާސްތަކާއި ކުލަބު ޖަމްޢިއްޔާ ތަކުން ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 2019 އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމުގައި މިކަމާގުޅޭ ގޮތުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވެއެވެ.

ފ.އަތޮޅު ޤުރުއާން މުބާރާތުގައި ފ.އަތޮޅުގެ ވިހާގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މިއަހަރުގެ މުބާރާތުގައި ބައެއް އުމުރުފުރާތައް އިތުރުކޮށް 04 އުމުރު ފުރައަކުން މުބާރާތުގައި ވާދަކުރާގޮތަށްވަނީ ހަމަޖެހިފައެވެ. އެއީ 06 އަހަރުންދަށް، 09 އަހަރުންދަށް، 12 އަހަރުންދަށް އަދި 16 އަހަރުންދަށެވެ.

ޤައުމީ ޤުރުއާން މުބާރާތަށް ޚާއްޞަ ކޮށްފައިވާ ބައިގައި ކޮންމެ އުމުރު ފުރައެއްގެ ކުއްޖަކަށް ނުވަތަ މީހަކަށް ބައިވެރި ވެވިދާނެކަމަށާއި، ބައިވެރިވެވޭނީ ކޮންމެވެސް އެއްބައެއްގައި ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

މުބާރާތުގެ ޤަވާޢިދާއި އުޞޫލް މިއިދާރާގެ ފޭސްބުކު ޕޭޖުންވެސް ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

# ފޭސްބުކުޕޭޖުގެ އެޑްރެހަކީ FACouncil އެވެ.

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގައި ބައިވެރި ވުމުގެ އިޢުލާނު

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގެ ޤަވާޢިދު

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގެ އުޞޫލް

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ގައި ބައިވެރިވުމަށް އެދޭ ފޯމު