ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފ

14 މާރިޗު 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ 2019 ވަނައަހަރުގެ އަހަރީ ކަލަންޑަރުގައި، އަތޮޅު ކައުންސިލުން އިސް ނަގައިގެން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ "ރަށުަކައުންސިލް ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ޕްރޮގުރާމް" ގެ ތެރެއިން މިއަތޮޅު ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

2019 މާރިޗު 11 އިން 13 އަށް 03 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގުރާމްގައި ޖެމްސް މެދުވެރިކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، ޖެމްސްގެ ތެރޭގައި ލިޔެކިއުންތައް ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތު ދެވިފައި ވެއެވެ. އަދި ޖެމްސް ބޭނުން ކުރުމުގައި މުވައްޒަފުންނަށް ކުރިން އެނގިފައިނުވާ ގިނަކަންތައް ތަކެއްގެ މަޢުލޫމާތު އޮޅުން ފިލުވައިދީ އެކަން ކަމަށް މުވައްޒަފުން އަހުލުވެރި ކުރުވިފައި ވެއެވެ.

މި ޓުރެއިނިންގ ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލްގެ 11 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.

ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް ޖެމްސްއާއިބެހޭ މަޢުލޫމާތު ދީފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ރަށުކައުންސިލް ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގުރާމަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.