މިއަތޮޅު މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފި

01 އެޕްރީލް 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 24 މާރިޗު 2019 ގައި ފައްޓައި 28 މާރިޗު 2019 ގައި ނިންމައިފިއެވެ. މަގޫދޫ ކައުންސިލްގެ އިދާރާއަކީ މިއަހަރު މޮނިޓަރކުރާ ދެވަނަ ކައުންސިލެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ބޭއްވި ބައްދަލު ވުމުގައި މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތަކާބެހޭ މަޢުލޫމާތުވެސް އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނަށް ދެވިފައިވެއެވެ.

މޮނިޓަރިންގ ޓީމުގައި ހިމެނިވަޑައިގަންނަވަނީ;

01- ޑިރެކްޓަރ އިބުރާހީމް ނަޞީރު

02- އެސިސްޓެންޓު ޑިރެކްޓަރ ފަރީދާ އިބުރާހީމް

03- އިކޮނަމިކު ޑިވެލޮޕްމަންޓު އޮފިސަރ ޖަމީލާ އަޙުމަދު

04- ޕްރޮޖެކްޓު އޮފިސަރ ޖަމީލާ އިބުރާހީމް

05- ޕްރޮޖެކްޓު އޮފިސަރ ޢަބުދުލް މުޢީދު ޢަބުދުއްރަޝީދު