ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕުރީސްކޫލްގެ ދަރިވަރުން ފ.އަތޮޅުކައުންސިލަށް ޒިޔާރާތްކޮށްފި

17 އެޕްރީލް 2019


ސަރުކާރުގެ މުވައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތައްތައް އޮޅުން ފިލުވުމަށް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕުރީސްކޫލްގެ ދަރިވަރުން ނިލަންދޫގައިހުރި މުވައްސަސާތަކަށް ކުރަމުން ގެންދާ ޒިޔާރަތުގެ ތެރެއިން އެމަރުކަޒުގެ ޕްރީސްކޫލްގެ 71 ދަރިވަރުން މިއަދު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ޒިޔާރާތް ކޮށްފިއެވެ.

ޕުރީސްކޫލްގެ ދަރިވަރުން އަތޮޅުކައުންސިލަށް ޒިޔާރާތްކުރުމުން އެކުދިންނަށް މަރުޙަބާކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް ޝަރީފެވެ.

އަތޮޅުކައުންސިލަށް ޒިޔާރާތް ކުރެއްވި ޕުރީސްކޫލް ދަރިވަރުންނަށް، ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކުދިންގެ ޢުމުރާ ގުޅޭގޮތަށް ދެވިފައިވެއެވެ. އަދި އަތޮޅުކައުންސިލްގައި މަސައްކަތްތައް ކުރަމުން ގެންދާ ތަންތަނާއި މަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތި އެކުދިންނަށް ދައްކައި، އެތަކެތިންކުރާ ބޭނުންތަކުގެ މަޢުލޫމާތުވެސް އޮޅުންފިލުވައި ދެވިފައި ވެއެވެ.

އަތޮޅުކައުންސިލަށް ޒިޔާރާތްކުރި ކޮންމެ ދަރިވަރަކަށް އަތޮޅުކައުންސިލްގެ އިދާރީޔުނިޓުގެ މުވައްޒަފުންގެ ފަރާތުން ހަދިޔާއެއް ދީފައި ވެއެވެ.