"ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 އެޕްރީލް 18 އިން 20 އަށް ކުރިއަށް ގެންދިޔަ "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" ނިންމުމުގެ ރަސްމިއްޔާތު 20 އެޕްރީލް 2019 ވަނަ ދުވަހުގެ މެންދުރުފަހު 2.30 ގައި ފ.ދަރަނބޫދޫ ސްކޫލުގައި ބާއްވައިފިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފ.ނިލަންދޫ ޕޮލިސްސްޓޭޝަންގެ ޕޮލިސް ޗީފުސްޓޭޝަން އިންސްޕެކްޓަރ އަލްފާޟިލް އަޙުމަދު ޝަފީޢުއެވެ. ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަ ފުޅުގައި، ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލުން އަތޮޅުފެންވަރުގައި ޤުރުއާން މުބަރާތް ބާއްވަމުން ގެންދާކަމީ، އަތޮޅުގެ ރައްޔިތުން ޤުރުއާނަށް އަހުލުވެރި ކުރުވުމަށް ކުރައްވަމުން ގެންދަވާ ވަރަށް އަގުބޮޑު މަސައްކަތެއް ކަމަށާއި، މިކަމުގެ ސަބަބުން ވަރަށްގިނަގުނަ ފައިދާތައް ކުރަމުން ގެންދާކަމަށާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންވެސް ޤުރުއާނަށް ދެމުންގެންދާ ސަމާލުކަން ފާހަގަކުރައްވައި، އަދި މައިންބަފައިންނާއި ބެލެނިވެރިން އެބައިމީހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ދެއްވުމަށް ކުރައްވަމުން ގެންދާ ގިނަގުނަ މަސައްކަތްތައް ފާހަގަ ކުރައްވައި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ.
2019 އެޕްރީލް 18 އިން 20 އަށް ދަރަނބޫދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 11 ޓީމަކުން 176 މީހުންނާއި ކުދިން ވާދަކޮށްފައި ވެއެވެ. މިއީ އަތޮޅު ފެންވަރުގައި ޤުރުއާން މުބާރާތް ބާއްވަން ފެށިފަހުން މިވީ ދިގުމުއްދަތުގެ ތެރޭގައި އެންމެގިނަ ޓީމުތަކުން ވާދަކުރި އަދި އެންމެ ގިނަމީހުންނާއި ކުދިން ބައިވެރިވި ފަހަރުވެސް މެއެވެ.
މިމުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިތަކުން 03 ވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ ފ.ދަރަނބޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.
ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިތަކުން 02 ވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މަޙުމޫދު އަޙުމަދެވެ.
ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިތަކުން 01 ވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ޓުރޮފީއާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.
މިމުބާރާތުގެ އެންމެ ޚާއްޞަ ވަނަތަކަށް މިލްކުވާ ތައްޓާއި ހަނދާނީ ލިއުމާއި ފައިސާގެއިނާމު ޙަވާލުކޮށްދެއްވީ މިމުބާރާތުގެ ޝަރަފުވެރި މެހުމާނު ފ.ނިލަންދޫ ޕޮލިސްސްޓޭޝަންގެ ޕޮލިސް ޗީފުސްޓޭޝަން އިންސްޕެކްޓަރ އަލްފާޟިލް އަޙުމަދު ޝަފީޢުއެވެ.
"ފ.އަތޮޅު ޤުރުއާން މުބާރާތް 2019" އިން 01 ވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާއެވެ. 02 ދެވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 03 ވަނަ ހޯދާފައިވަނީ ނިލަންދޫ ޑޭލައިޓު ކުލަބެވެ. މުބާރާތުގެ ދެގޮފިން އެއްވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާ ތަމްސީލުކުރި ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙުމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ.ނިލަންދޫ ޑޭލައިޓު ކުލަބު ތަމްސީލުކުރި ފ.ނިލަންދޫ ދޮންފަތްބަގީޗާގޭ ޖިޢާން ޢަބުދުލްމަޖީދެވެ. އަދި 03 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާ ތަމްސީލުކުރި ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލެވެ.
މިރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ނައިބުރައީސް މަޙްމޫދު އަޙްމަދާއި، އަތޮޅުކައުންސިލްގެ ވެރިންނާއި، ދަރަނބޫދޫ ކައުންސިލާއި، ދަރަނބޫދޫ ސްކޫލްގެ ވެރިންނާއި، ބައެއް ރަށުކައުންސިލްތަކުގެ ރައީސުންނާއި، ނައިބުރައީސުންނާއި ކައުންސިލް މެންބަރުން އަދި ދަރިވަރުންގެ ބެލެނިވެރިންނާއި ދަރަނބޫދޫގެ ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.
މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ދަރަނބޫދޫގައި މިމުބާރާތް ކުރިއަށް ގެންދިއުމުގައި ދަރަނބޫދޫ ކައުންސިލާއި، ދަރަނބޫދޫގެ ސޫލުގެ ވެރިންނާއި މުވައްޒަފުން ކުރައްވާފައިވާ ބުރަމަސައްކަތްތަކާއި، ދަރަނބޫދޫގައިހުރި އެހެން މުވައްސަސާތަކުންނާއި، ދަރަނބޫދޫގެ މުޅި ރައްޔިތުން މިމުބާރާތަށް ދެއްވި ސަމާލުކަމާއި، ހުރިހާ ފަރާތްތަކުން އަތޮޅުކައުންސިލަށް ދެއްވި އެއްބާރުލުމާއި، މިމުބާރާތަށް ދަރަނބޫދޫއަށް ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް އަދާކޮށްދެއްވި އޯގާތެރި މެހުމާންދާރީއާއި، ދަރަނބޫދޫގެ ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި ދެއްކެވި ރީތިނަމޫނާ ފާހަކޮށް އެފަރާތްތަކަށް އަތޮޅުކައުންސިލުން ޝުކުރު އަދާކުރެއްވިއެވެ.
ޤުރުއާން މުބާރާތުގެ 01 ވަނަ ޓީމު
ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
|
ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރެއިން 01 ވަނަ
ޢާއިޝަތު ޔާނާ އަޙުމަދު ނަދީލާމަންޒިލް ފ.ފީއަލި - ފ.އަތޮޅު މަދަރުސާ |
ޤުރުއާން މުބާރާތުގެ 02 ވަނަ ޓީމު
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
|
ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރެއިން 02 ވަނަ
ޖިޢާން ޢަބުދުލްމަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ - ނިލަންދޫ ޑޭލައިޓު ކުލަބު |
ޤުރުއާން މުބާރާތުގެ 03 ވަނަ ޓީމު
ފ.ނިލަންދޫ ޑޭލައިޓު ކުލަބު |
ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރެއިން 03 ވަނަ
ރިވާ ޢަބުދުލް ޖަލީލު ޖަވާހިރުމާގެ ފ.ފީއަލި - ފ.އަތޮޅު މަދަރުސާ |
ޤުރުއާން މުބާރާތުގެ ނަތީޖާ (ބަލައިގެން ކިޔެވުމުގެ ބައި)
30 ވަނަ ފޮތުން ބަލައިގެން ކިޔެވުމުގެބައި (06 އަހަރުންދަށް)
އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ދެވަނަ: މަޒާޔާ ޢަލީ ހުދުހުދާގެ ފ.ނިލަންދޫ – ފ.ނިލަންދޫ ސްޕޯރޓުސް ކުލަބު ފަހުލަވާން
ތިންވަނަ: ޢައިރާ އަޙުމަދު ރިހިވެލި ފ.ނިލަންދޫ – ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ވިދިވިދިގެން 03 ފޮތުން ބަލައިގެން ކިޔެވުމުގެބައި (09 އަހަރުންދަށް)
އެއްވަނަ: ރައްޔާ ޙާމިދު ހަވޭލި ފ.ނިލަންދޫ ފ.ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބު
ދެވަނަ: ފާޠިމަތު އަމްނާ ޢަބުދުﷲ އަތިރީގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ތިންވަނަ: ޝީނާޒު ޢަބްދުލްޖަލީލު އޯކިޑުމާގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ވިދިވިގެން 05 ފޮތުން ބަލައިގެން ކިޔެވުމުގެބައި (12 އަހަރުންދަށް)
އެއްވަނަ: ޖިޢާން ޢަބުދުލްމަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ދެވަނަ: މަޢީޝް މަޙުމޫދު ރަޝީދު ފަތަނގުމާގެ ފ.ދަރަނބޫދޫ ދަރަނބޫދޫ ސްކޫލް
ތިންވަނަ: ޝަމްހާނު ޢަބްދުލް ޖަލީލު އޯކިޑުވިލާ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެބައި (16 އަހަރުންދަށް)
އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ދެވަނަ: ރަފާ އިބުރާހީމް ފިނިހިޔާގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދެވަނަ: އިފާޝާ ޢަބުދުއްސައްތާރު މަތަރެސްމާގެ ފ.ނިލަންދޫ ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބު
ދެވަނަ: ޝުޢާއު ޢަބުދުލް ޣައްފާރު ލަކީސްޓަރ ފ.ފީއަލި ފ.އަތޮޅު މަދަރުސާ
ތިންވަނަ: މަޢޫނާ މުޙައްމަދު ރޭވަވިލާ ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ޤައުމީ ޤުރުއާން މުބާރާތަށް ޚާއްޞަބައި
ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެބައި
އެއްވަނަ: ޢާއިޝަތު ޔާނާ އަޙުމަދު ނަދީލާމަންޒިލް ފ.ފީއަލި ފ.އަތޮޅު މަދަރުސާ
ދެވަނަ: ލިޔޫޝާ ޙަސަން މީނާޒު ފ.ނިލަންދޫ ނިލަންދޫ ޔަންގު ޖަނަރޭޝަން
ތިންވަނަ: ސަމިހާ ޢަބުދުލް މަންނާނު ހެޕީގާޑަން ފ.ބިލެއްދޫ ބިލެއްދޫ ލާރނިންސ ސެންޓަރ
ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެބައި
އެއްވަނަ: ޝަހުލާ ޢަބުދުލް ފައްތާޙު ދެކުނުގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދެވަނަ: އާމިނަތު ނާއިފާ ޚަލީލު ވީނަސް ފ.ނިލަންދޫ ފ.އަތޮޅު ތައުލީމީ މަރުކަޒު
ތިންވަނަ: ޢައްމާރު ބިން މުޙައްމަދު މުޞްތަފާ ނާރެސް ފ.ބިލެއްދޫ ބިލެއްދޫ ސްކޫލް
މުޅި ޤުރުއާނުން ބަލައިގެން ކިޔެވުމުގެބައި
އެއްވަނަ: ރިހާމް މުޙައްމަދު ފައިޞަލް ގުލްހަޒާރުގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދެވަނަ: ޢާއިދާ ޙަސަން ޒަރީރު ރާސްތާ ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ތިންވަނަ: އީނާޝް ޢަބުދުލްޣަނީ ނޫރާނީހައުސް ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ޤުރުއާން މުބާރާތުގެ ނަތީޖާ (ނުބަލައި ކިޔެވުން)
ވައްޟުޙާއިން ދަށުން ނުބަލައި ކިޔެވުމުގެބައި (06 އަހަރުންދަށް)
އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ދެވަނަ: ޢަލީ ޒައިކު މުޙައްމަދު ފޭރުގަސްދޮށުގެ ފ.ބިލެއްދޫ ބިލެއްދޫ ސްކޫލް
ތިންވަނަ: ޒޯޔާ އަޒުމީން ދެތަނޑިމާގެ ފ.ބިލެއްދޫ ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
01 ފޮތުން ނުބަލައި ކިޔެވުމުގެބައި (09 އަހަރުންދަށް)
އެއްވަނަ: ރިވާ ޖަލީލު ޖަވާހިރުމާގެ ފ.ފީއަލި ފ.އަތޮޅު މަދަރުސާ
ދެވަނަ: ސިޔާ އަޙުމަދު ރަޝީދު އައްސޭރި ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ތިންވަނަ: ޖަންނަތު ބިންތު އަޙުމަދު ޝަރީފު ބަގީޗާގެ ފ.އަތޮޅު މަދަރުސާ
02 ފޮތުން ނުބަލައި ކިޔެވުމުގެބައި (12 އަހަރުންދަށް)
އެއްވަނަ: މަރިޔަމް ނައުހާ ނަސީމު ފިނިފެންމާގެ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދެވަނަ: މަޒީނާ ޢަބުﷲ އަޙުމަދު ހިޔާ ފ.ނިލަންދޫ ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ތިންވަނަ: އަޔާން އިބުރާހީމް ޝިޔާމު މަގުލަސް ފ.ދަރަނބޫދޫ ދަރަނބޫދޫ ސްކޫލް
ވިދިވިދިގެން 03 ފޮތުން ނުބަލައި ކިޔެވުމުގެބައި (16 އަހަރުންދަށް)
އެއްވަނަ: މިހުނާ ރަޝީދު ސަލްޖަމްގެ ފ.ބިލެއްދޫ ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
ދެވަނަ: ފާޠިމަތު ނައުޝީން ނިއުވިޒަން ފ.ބިލެއްދޫ ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
ތިންވަނަ: މަލާހާ މުޙައްމަދު ސޯސަންވިލާ ފ.ބިލެއްދޫ ބިލެއްދޫ ލާރނިންގ ސެންޓަރ
ޤައުމީ ޤުރުއާން މުބާރާތަށް ޚާއްޞަބައި
ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެބައި
އެއްވަނަ: ޙަސީނާ އިދުރީސް ކެތި ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ދެވަނަ: ޠަލްޙަތު ޢަބުދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ތިންވަނަ: ނަފުޙާ މުޙައްމަދު ޙަމްދީ ކަނީރުމާގެ ފ.ބިލެއްދޫ ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެބައި
ދެވަނަ: އާމިނަތު އައިފާ އަލިވިލާގެ ފ.ބިލެއްދޫ ބިލެއްދޫ ނާރެސް ޖަމްޢިއްޔާ
ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެބައި
އެއްވަނަ: ސިބުޣަތުﷲ އަޙުމަދު ރަޝީދާމަންޒިލް ފ.ނިލަންދޫ ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބު
މުޅިމުބާރާތުގެ 02 ގޮފިން
އެއްވަނަ: ޢާއިޝަތު ޔާނާ އަޙުމަދު ނަދީލާމަންޒިލް ފ.ފީއަލި ފ.އަތޮޅު މަދަރުސާ
ދެވަނަ: ޖިޢާން ޢަބުދުލްމަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ ނިލަންދޫ ޑޭލައިޓު ކުލަބު
ތިންވަނަ: ރިވާ ޖަލީލު ޖަވާހިރުމާގެ ފ.ފީއަލި ފ.އަތޮޅު މަދަރުސާ
މުބާރާތުގައި ބައިވެރިވި ޓީމުތަކުގެބައި
އެއްވަނަޓީމު: ނާރެސް ޖަމްޢިއްޔާ ފ.ބިލެއްދޫ
ދެވަނަޓީމު: ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ތިންވަނަޓީމު: ފ.ނިލަންދޫ ޑޭލައިޓު ކުލަބު