ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން މީހުން ހޭލުންތެރި ކުރުމުގެ ބޯޑުތަކެއް ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް ފަށައިފި

06 އޯގަސްޓް 2019


ރައްކާތެރިގޮތުގައި ކުނި ނައްތާލައި ކުނިބުނިން ތިމާވެށި ސާފުއަތޮޅަކަށް ހެދުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުން ގެންދާ ފާފު އެންމެސާފު ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށްރަށުގެ މީހުން ހޭލުންތެރި ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުންޏާބެހޭ ޝިޢާރު ބޯޑުތަކެއް ބެހެއްޓުމުގެ މަސައްކަތް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޯޑު މިއަތޮޅު ނިލަންދޫގައި ބަހައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރުޒާހިރާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙްމާނާއި، ނިލަންދޫ ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.

މިއަތޮޅުގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޯޑު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ މުވައްޒަފުން ރަށްރަށަށްގޮސް އެރަށެއްގެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން މިބޯޑުތައް ބެހެއްޓުމަށް އަތޮޅުގެ ރަށްރަށަށްކުރާ ދަތުރުގައި ވެރިންގެ ގޮތުގައި ބައިވެރިވާނީ ނައިބްރައީސް އަލްފާޟިލް މަޙްމޫދު އަޙްމަދާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙްމާނެވެ. ދަރުކުރުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ މާވަށި ދޯނީގައެވެ.

ފ.މަގޫދޫގައި ބޯޑު ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން
ފ.ނިލަންދޫގައި ބޯޑު ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން