ސެންޓްރަލް ޑިވިޜަންގެ ކޮމާންޑަރ އަތޮޅުކައުންސިލްގެ ވެރިންނާއި ބައްދަލު ކުރައްވައިފި

17 ސެޕްޓެންބަރ 2019


ސެންޓްރަލް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އިބްރާހީމް ޝަރީފު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުމަކީ މިއަތޮޅުގެ ރަށްރަށުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އަތޮޅުކައުންސިލްގެ ވެރިންނަށް ދިނުމަށާއި، މިއަތޮޅުގެ ރަށްރަށުގައި ކުށްމަދުކުރުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، ފުލުހުންނާއި އަތޮޅުކައުންސިލާ ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރުމާގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލު ވުމެކެވެ.

މި ބައްދަލު ކުރުމުގައި މަސްތުވާ ތަކެއްޗާއި ޢާންމު ކުށްތަކުން އަތޮޅުގެ ރަށްރަށްރަށުގެ މީހުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުންނާއި، ކުށްކުށުގެ މައްސަލަތައް އަވަހަށް ތަންފީޒު ކުރެވޭނެ ގޮތަކާބެހޭގޮތުންނާއި، ކުށްމަދު ކުރުމަށްޓަކައި އަތޮޅުގެ ރަށްރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ރަށްރަށުގެ ކަންތައްތައް ބެލުމަށް ފުލުހުން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ. ކުށް މަދުކުރުމަށްޓަކައި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އަތޮޅުކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައިވެސް މިބައްދަލު ކުރެއްވުމުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރުޒާހިރު ވިދާޅުވެފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ސެންޓްރަލް ކޮމާންޑަރުގެ އިތުރުން ފ.ނިލަންދޫ ޕޮލިސްސްޓޭޝަންގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ސެންޓްރަލް ޑިވިޜަންގެ ކޮމާންޑަރު އަތޮޅުކައުންސިލްގެ ވެރިންނާ ބައްދަލު ކުރުން
ސެންޓްރަލް ޑިވިޜަންގެ ކޮމާންޑަރު އަތޮޅުކައުންސިލްގެ ވެރިންނާ ބައްދަލު ކުރުން