ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ 2 މަޤާމަކަށް މީހުން ހަމަޖައްސައިފި

05 ނޮވެންބަރ 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށާއި، މަސައްކަތު މީހެއްގެ މަޤާމަށް 2 މީހަކު ހަޖައްސައިފިއެވެ. ޕްރޮޖެކްޓު އޮފިސަރގެ މަޤާމަށް ހަމަޖެއްސީ ފ.ނިލަންދޫ ފެހިފަރުދާގޭ އަލްފާޟިލާ ޖަމީލާ ޢަބުދުﷲ އެވެ. ޖަމީލާ ޢަބްދުﷲ އަށް އެމަޤާމު ހަމަޖެއްސީ 31 އޮކްޓޯބަރ 2019 ގައެވެ. މަސައްކަތު މީހެއްގެ މަޤާމަށް ހަމަޖެއްސީ ފ.ނިލަންދޫ މަލާޒު އަލްފާޟިލާ ޖަމީލާ މޫސާއެވެ. ޖަމީލާ މޫސާ އެމަޤާމަށް ހަމަޖެއްސީ 04 ނޮވެންބަރ 2019 ގައެވެ.

ޕްރޮޖެކްޓު އޮފިސަރގެ މަޤާމަށާއި، މަސައްކަތު މަޤާމަށް ހަޖެއްސި 2 މުވައްޒަފުންނަށް މަރުޙަބާ ދެންނެވުންއޮތީ 04 ނޮވެންބަރ 2019 ވަނަދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ކައުންސިލް ރައީސާއި، އިދާރީ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މިޙަފްލާގައި ރައީސް އަލްފާޟިލް ޢުމަރުޒާހިރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާގެ ވަޒީފާއާއި ގުޅުނު 2 މުވައްޒަފުންގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އަދި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންވެސް އެމުވައްޒަފެއްގެ ވަޒީފާގެ ޒިންމާތައް އަދާކުރެއްވުމުގައި އިޚުލާޞްތެރިވެ، ކައުންސިލް އިދާރާއަށާއި ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ޖަމީލާ ޢަބްދުﷲ އަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން
ޖަމީލާ މޫސާއަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން
ޖަމީލާ ޢަބްދުﷲ އާއި، ޖަމީލާ މޫސާއަށް މަހުޙަބާ ދެންނެވުމުގެ ތެރެއިން
ޖަމީލާ ޢަބްދުﷲ އާއި، ޖަމީލާ މޫސާއަށް މަހުޙަބާ ދެންނެވުމުގެ ތެރެއިން