މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 17 ނޮވެންބަރ 2019 ގައި ފަށައިފިއެވެ. ނިންދޫ ކައުންސިލްގެ އިދާރާއަކީ މިއަހަރު މޮނިޓަރކުރާ 4 ވަނަ ކައުންސިލެވެ.
ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.
ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ.
މޮނިޓަރިންގ ޓީމުގައި ހިމެނިވަޑައިގަންނަވަނީ؛
01- އަތޮޅުކައުންސިލް މެންބަރ ޢަބްދުލްޤާދިރު މުޙައްމަދު
02 - ޑިރެކްޓަރ އިބުރާހީމް ނަޞީރު
03- އެސިސްޓެންޓު ޑިރެކްޓަރ ފަރީދާ އިބުރާހީމް
04- އިކޮނަމިކު ޑިވެލޮޕްމަންޓު އޮފިސަރ ޖަމީލާ އަޙުމަދު
05- ޕްރޮޖެކްޓު އޮފިސަރ ޖަމީލާ އިބުރާހީމް
06- ރިސާރޗް އޮފިސަރ ޚަދީޖާ ޢަލީ