ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުލަވާލި ޕްލޭން ޢާންމުކޮށްފި

21 މާރިޗު 2020


ކޮވިޑް-19 އާއި ގުޅިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން އެކުލަވާލި ޕްލޭން ޢާންމުކޮށްފިއެވެ.

މި ޕްލޭނަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ރޯގާއަކީ ފަސޭހައިން ގައިން ގަޔަށްއަރާ ބައްޔަކަށްވެފައި ރާއްޖޭގައިވެސް މިބަލި ފެތުރެމުންދާތީ، މިބަލި ފެތުރުން ކުޑަކުރުމާއި ޚަރަދުތައް ކުޑަކުރުމާއި މުވައްޒަފުންގެ ރައްކާތެރިކަމަށާއި، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޢަމަލުކުރާނެ ގޮތްތަކާބެހޭ ގޮތުން އެކުލަވާލި ޕްލޭނެކެވެ.

މި ޕްލޭނުގައި ރީދު އެލާޓް (އެލާޓް ލެވެލް-2) ގައި ޢަމަލު ކުރާނެ ގޮތާއި، އޮރެންޖު އެލާޓް (އެލާޓް ލެވެލް-3) ގައި ޢަމަލު ކުރާނެ ގޮތާއި އަދި ރަތްއެލާޓް (އެލާޓް ލެވްލް-4) ގައި ޢަމަލު ކުރާނެގޮތްތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާއަށް ނުކުންނަ މުވައްޒަފެއްގެ ކިބައިން މިބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ ޢަމަލު ކުރާނެގޮތްވެސް މި ޕްލޭނުގައި ހިމަނާފައި ވެއެވެ.

މިއީ މިފަދަ ކަމަކާގުޅޭގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އެކުލަވާލި ފުރަތަމަ ޕްލޭނެވެ.

* ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުލަވާލި ޕްލޭން