2019 ވަނައަހަރު އެހީގެގޮތުގައި ދޫކުރި ތަކެއްޗާއި ފައިސާގެ މަޢުލޫމާތު ޢާންމުކޮށްފި

16 އެޕްރީލް 2020


ނިލަންދެއަތޮޅު އުތުރުބުރީގެ އެކިދާއިރާތަކުގެ ބޭނުންތަކަށް 2019 ވަނައަހަރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އެހީގެ ގޮތުގަައި ދޫކުރި ތަކެއްޗާއި ފައިސާގެ މަޢުލޫމާތު އަތޮޅުކައުންސިލުން ޢާންމު ކޮށްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު އެހީގެ ގޮތުގައި ދޫކުރި ތަކެއްޗާއި ފައިސާގެ ޖުމްލައަކީ -/987،475 ރުފިޔާއެވެ. އެހީގެ ގޮތުގައި ތަކެއްޗާއި ފައިސާ ދޫކުރި ފަރާތްތަކުގެ ތެރޭގައި ރަށުކައުންސިލްތަކާއި، އަތޮޅުގެ ޞިއްޙީ ދާއިރާގެ ހުރިހާ ތަންތަނަށާއި، ތަޢުލީމީ ދާއިރާގެ ތެރެއިން ބިލެއްދޫ ސްކޫލާއި ދެރަށެއްގެ ޖަމްޢިއްޔާ ހިމެނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކަައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދަކީ އަތޮޅުކައުންސިލަށް އާމްދަނީ ލިބޭ ނިސްބަތުން އަތޮޅުގެ ރަށްރަށަށް އެވަގުތަކަށް އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ލުއިފަސޭހަތައް ކޮށްދިނުމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2020 ވަނައަހަރަށް ލަފާކުރި ބަޖެޓްގައިވެސް ރަށުކައުންސިލްތަކަށް ޑަސްބިންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން -/75,000 ރުފިޔާވަނީ ބަޖެޓްކޮށްފައެވެ.

* 2019 ވަނައަހަރު އެހީގެގޮތުގައި ދޫކުރި ތަކެއްޗާއި ފައިސާގެ ހިސާބު