އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރު އުފައްދައި އެސެންޓަރަށް ލަފާދޭ ކޮމެޓީ އެކުލަވާލައިފި

29 އެޕްރީލް 2020



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ އުފައްދައި އެސެންޓަރަށް ލަފާދޭ ކޮމެޓީ މިއަދު އެކުލަވާލައިފިއެވެ.

އަތޮޅުކަައުންސިލްގައި މިއަދު ބޭއްވި ކައުންސިލްގެ ވެރިންގެ ބައްދަލުވުމުގައި އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ އުފެއްދުމާއި ކޮމެޓީ އެލުލަވާލީ، މިކަންކަމާބެހޭ ގޮތުން ލޯކަލްގަވަރު މަންޓު އޮތޯރިޓީން ފޮނުއްވާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިންނެވެ.

އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރަކީ ކޮވިޑް- 19 އާއި ގުޅިގެން އަތޮޅުތެރޭގައި ދިމާވެދާނެ ކަންތައްތައް އަތޮޅު ފެންވަރުގައި ތައްޔާރު ވުމަށާއި، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ރީޖަނަލް ސަޕޯޓު ސެލްގެ ލަފަޔާއި އިރުޝާދުގެ ދަށުން ރަށުފެންވަރުގައި އުފައްދާފައިވާ ރަށު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ ތަކުންނާއި، ސޯޝަލް ސަޕޯޓު ޑެސްކުތަކުން ކުރާ މަސައްކަތްތައް އަތޮޅު ފެންވަރުގައި ވިލަރެސްކުރުގެ މަސައްކަތްކުރާ ސެންޓަރެވެ. މިސެންޓަރުގެ އެންމެހާ އިދާރީކަންކަން އިންތިޒާމްކޮށް ބަލަހައްޓާނީ އަތޮޅުކައުންސިލުންނެވެ.

އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ ހުންނާނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުން ކުރުމަށް ނިންމާ ކަންކަން ނިންމާނީ އަތޮޅުލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ. އަދި އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުން ކުރުމަށް ނިންމާ ކަންކަން މައިގަނޑު ގޮތެއްގައި ތަންފީޒުކުރާނީ އަތޮޅުކައުންސިލުންނާއި އަތޮޅު ހޮސްޕިޓަލުންނެވެ.

އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރުން ކުރަންޖެހޭ ކަންކަމުގައި އަތޮޅުކައުންސިލާއި އަތޮޅު ހޮސްޕިޓަލުން މަސައްކަތްތައް ކުރަމުން ގެންދާނީ ލޯކަލްގަވަރުމަންޓު އޮތޯރިޓީން ފޮނުއްވާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ.

އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރަށް ލަފަދޭ ކޮމެޓީގެ މެންބަރުން:

01- އަލްފާޟިލް އިބްރާހީމް ޚަލީލު / ފ.އަތޮޅު ހޮސްޕިޓަލް (ކޮމެޓީގެ ޗެއަރ)

02- އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދު / ފ.އަތޮޅު ކައުންސިލް (ކޮމެޓީގެ ވައިސް ޗެއަރ)

03- އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙުމާނު / ފ.އަތޮޅު ކައުންސިލް (ޒިންމާދާރުވެރިޔާ)

04- އަލްފާޟިލް އިބްރާހީމް ޝަރީފު / ފ.އަތޮޅު ކައުންސިލް (އަތޮޅު ފޯކަލް ޕޮއިންޓް)

05- އަލްފާޟިލް ޝުޢައިބު އިސްލާޢީލް / ފ.އަތޮޅު ހޮސްޕިޓަލް (ޕަބްލިކު ހެލްތު ޔުނިޓްގެ ފަރާތުން)

06- އަލްފާޟިލާ މަރިޔަމް އަޙްމަދު / ފ.އަތޮޅު ހޮސްޕިޓަލް (ފަންނީ މުވައްޒަފެއްގެ ގޮތުގައި)

07- އަލްފާޟިލް ޢަބްދުއްރަޝީދު އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު ( ސްކޫލްގެ ފަރާތުން)

08- އަލްފާޟިލާ ނަޒީރާ ޢަބްދުއްރަޙްމާނު / ފ.އަތޮޅު ފެމެލީ ޗީލްޑްރަން ސާރވިސް ސެންޓަރ (ފަންނީ މުވައްޒަފެއްގެ ގޮތުގައި)

09- ޑރ ޙަސަން ޢުމަރު / ފ.ނިލަންދޫ ޕޮލިސްސްޓޭޝަން (އަތޮޅު ޕޮލިހުންގެ ފަރާތުން)

10- އަލްފާޟިލް މުޙައްމަދު ނަސީމު / ނިލަންދޫ ޑޭލައިޓް ކުލަބު (އެން.ޖޯ.އީ ތަކުގެ ފަރާތުން)