1442 ވަނައަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

18 އޮކްޓޯބަރ 2020



1442 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6:00 ގައި ބާއްވައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޕްރޮކެކްޓް އޮފިސަރ އަލްފާޟިލާ ޖަމީލާ އިބްރާހީމެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ ބައެއް ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން