ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

ފ.ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތުގައި ކުރަމުން ގެންދިޔަ ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލު ކުރުމަށްޓަކައި އެ ޢިމާރާތުގައިހުރި މުދާ ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދުގެ ހެނދުނު 7.00 ގައި ފަށައިފިއެވެ.
މި މަސައްކަތުގައި ޙަރަކާތްތެރިވަމުން ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންނާއި އަދި އަތޮޅުސްޓޯރުގެ މުވައްޒަފުންނެވެ. މި މަސައްކަތުގައި މިދެތަނުން ގިނަ ޢަދަދެއްގެ މުވައްޒަން ޙަރަކާތްތެރިވަމުން ގެންދެއެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރ މަހުގެ ފަހުކޮޅަކީ އަތޮޅުސްޓޯރުގެ ސްޓޮކް ނަގާ ދުވަސްވަރު ކަމަށްވާތީ ވިޔަފާރި ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުސްޓޯރުގެ ސްޓޮކް ނެގުމާވެސް އެކުއެވެ.
ފ.އަތޮޅުސްޓޯރުގެ ސްޓޮކް ނެގުމާއި މުދާ ބަދަލު ކުރުމުގެ މަސައްކަތަކީ ވަރަށްބުރަބޮޑު އަދި ގިނަވަގުތު ތަކެއްގައި މަސައްކަތް ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށްވާތީ، މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އަތޮޅުކައުސިލުން ކޮމެޓީއެއްވެސް އެކުލަވާލާފައި ވެއެވެ. ކޮމެޓީގެ އިސް ބޭފުޅަކީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ. މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ؛
01- ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު
02- އިކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރ ޖަމީލާ އަޙްމަދު
03- އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު އަޙްމަދު
ފ. އަތޮޅުސްޓޯރުގެ ޢިމާރާތް މަރާމާތުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓައި ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތް ކުއްޔަށް ހިފައި އެ ޢިމާރާތަށް ވިޔަފާރި ބަދަލުކުރީ 01 ނޮވެންބަރ 2018 ގައެވެ.
 
	މުދާތައް ގެންދިއުމަށް ބާލިދީތަކަށާއި ފޮށިގަނޑުތަކަށް އަޅާފައި  | 
	 
	ފިނިހިޔާ ޢިމާރާތުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ  | 
	
 
	ފިނިހިޔާ ޢިމާރާތުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ  | 
	 
	އަތޮޅުސްޓޯރގެ ޢިމާރާތަށް ގެންދާ މުދާތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ  | 
	
 
	އަތޮޅުސްޓޯރުގައި މުދާ އެތުރުމަށް ހަރުތައް ރޭވުމުގެ މަސައްކަތް ކުރަނީ  | 
	 
	އަތޮޅުސްޓޯރުގެ ހަރުގަނޑު ތަކުގައި މުދާތައް އެތުރުމުގެ މަސައްކަތް ކުރަނީ  | 
	

	
	
	
	
	
	
